ދިވެހިރާއްޖެ
އިޢުލާން
|
ރުއްގަހުގެ ވެރިފަރާތް ހޯދުން |
ފެނުގެ ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ފެން ހޮޅިއެޅުމަށް މަގު/ގޯޅި ތަކުގައިވާ ކޮންމެހެން ނަގަންޖެހޭ ރުއްގަސް ނެގުމަށްޓަކައި މިއިދާރާއިން ނަންބަރު ޖަހާފައިވާ ރުއްގަސްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ.
|
މިއިދާރާއިން ޖަހާފައިވާ ނަންބަރު |
ރުއްގަސް ހުރި ސަރަޙައްދު |
|
1 އިން 14އަށް |
"ސޭހްބޭ މަގު" (މީހުން ދިރިއުޅޭ ސަރަޙައްދުގެ އެންމެ އިރުމައްޗަށް އުތުރާއި ދެކުނަށް އޮތް މަގު) |
|
15 |
އިންޖީނުގޭ އިރުމަތީ މަގު |
|
16 އިން 18 އަށް |
"އާދަނީ ހިނގުމުގެ" ހުޅަނގު ފަރާތުގެ އެންމެ ދެކުނު ބްލޮކާ އިންވެގެން ދެކުނަށް އޮތް ގޯޅި |
|
19 |
"ފުލޫޓް" ގޭ ކުރިމަތި |
ވީމާ، ރުއްގަހުގެ ވެރިފަރާތުން މިހިނގާ އޮކްޓޯބަރ މަހުގެ 14 ވާ ( ބުރާސްފަތި) ދުވަހުގެ 13:00 ކުރިން، ރުއްގަހުގައި މިއިދާރާއިން ޖަހާފައިވާ ނަންބަރާއި ރުއްގަހުގެ ދަފްތަރު ނަންބަރު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް އަންގަވާދެއްވުން އެދި ދެންނެވީމެވެ.
ޤާނޫނު ނަންބަރު 98/21 މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނުން ދެންނެވުނު ރުއްގަހުގެ ވެރިފަރާތް މިކައުންސިލްގެ ރުއްގަހުގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ރުއްގަހަކަށް ބަދަލުދެވެން ނެތް ވާހަކަ ދަންނަވަމެވެ. އަދި ދެންނެވިފައިވާ މުއްދަތުގައި ވެރިފަރާތެއް ވާކަން ނާންގާކަމުގައި ވާނަމަ ރުއްގަހުގެ ވެރިފަރާތެއް ނުވާކަމުގައި ބަލައި ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.
29 ޞަފަރު 1443
06 އޮކްޓޯބަރ 2021
