ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައު ތަކެތި ނީލަން ކިޔުން

މި އިދާރާގައި ހުރި ބައު ތަކެތި ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުންވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައި ނުވާތީ، 09 އޮކްޓޫބަރ 2021 ވާ ހޮނިހިރު ދުވަހު 16:30 ގައި ބައު ތަކެތި ނީލަން ކިއުން އޮންނާނެއެވެ. ނީލަން ކިއުން އޮންނާނީ ތިލަދެކުނު ސިނަމާގައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުން ކޮންމެ ލޮޓެއް ވަކިންނެވެ. މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި މި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މިނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނަންގަވާތަކެތީގެ އަގު 09 އޮކްޓޫބަރ 2021 ވަނަ ދުވަހުގެ 18:00 ގެ ކުރިން މިއިދާރާއަށް ދެއްކެވުމަށްފަހު، 19:00 ގެ ކުރިން ނީލަމުން ނެންގެވި ތަކެތި ގެންދަވަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ނުގެންދަވާ ހުރި ތަކެއްޗާއި މެދު މިއިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެއެވެ.

ވީމާ، މިނީލަމުގައި ވީހާ ގިނަފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މިއިދާރާގެ ނުހަނު ބޮޑު އެދުމަކަށްވާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

04 އޮކްޓޫބަރު 2021
ހޯދާ