ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު

ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު

ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި، 05 ޖަަނަވަރީ 2021 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު، އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުރާޖަޢާ ކުރުމަށްފަހު، އެ ލިސްޓުތަކަށް އުނިއިތުރެއް ގެނައުމަށް މިހިނދަށް ނުފެންނަ ކަމަށް، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާ ލިބިފައިވާތީ، 05 ޖަނަވަރީ 2021 ގެ ތާރީޚުގައި ކަނޑައަޅައިފައިވާ ގޮތަށް ދެމެހެއްޓުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

ޓެރަރިސްޓް ޖަމާޢަތްތައް 

1. އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)

2. އަލް ޤައިދާ

3. ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)

4. ލަޝްކަރޭ ޠައިބާ

5. އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ

6. އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް

7. އަބޫ ސައްޔާފް ގްރޫޕް

8. ބޮކޮ ހަރަމް/ ބޯކޯ ހަރަމް

9. އަލް ޝަބާބް

10. އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް

11. ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)

12. ޙަރަކާތުލް ޖިހާދު އަލް އިސްލާމީ

13. ޖައިޝޭ މުޙައްމަދު

14. އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)

15. ނޭޝަނަލް ތައުޙީދް ޖަމާޢަތް

16. ޖަމާޢަތު މިއްލަތޭ އިބްރާހީމް

17. ވިލާޔަތް އަލް ސޭލާނީ

18. ހައިއަތު ތަހްރީރު އަލް ޝާމް

19. ހުއްރާސް އައް ދީން

ހަނގުރާމަވެރި ސަރަޙައްދުތައް

ސީރިޔާގެ ހުރިހާ ސަރަޙައްދެއް

___________________

26 ޞަފަރު 1443

3 އޮކްޓޫބަރު 2021

03 އޮކްޓޫބަރު 2021
ހޯދާ