މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ - މިމިނިސްޓްރީގެ ޢިމާރާތުގެ ދެވަނަ ފޭސްގެ އިންޓީރިއާރ ރިނޮވޭޝަން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މިމިނިސްޓްރީގެ ޢިމާރާތުގެ ދެވަނަ ފޭސްގެ އިންޓީރިއާރ ރިނޮވޭޝަންގެ މަސައްކަތްތަކެއް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މަޢުލޫމާތު ދެވިފައިވާ ގޮތަށް 17 އޮކްޓޫބަރު 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީ ބިޑް ބައްދަލުވުން/ ސައިޓް ވިޒިޓް އޮންނާނީ، 06 އޮކްޓޫބަރު 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް ގައެވެ.

އަދި މިމިނިސްޓްރީގެ ނަންބަރު: (IUL)88-ADHR/88/2021/78 އިޢުލާނާއި ގުޅިގެން މިމިނިސްޓްރީގެ އިމާރާތުގެ ދެވަނަ ފޭސް އިންޓީރިއާއ ރިނޮވޭޝަންގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ބިޑްހުށަހެޅުމަށް 30 ސެޕްޓެމްބަރު 2021 ވަނަ ދުވަހު ޙާޟިރުވި ފަރާތްތަކުން ހޯދާފައިވާ ބޭންކް ގެރެންޓީ އާއި މީރާ ޓެކްސް ކުލިއަރެންސް ލިޔުންފަދަ ތަކެތި މިބިޑާއި އެކު ބަލައިގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

03 އޮކްޓޫބަރު 2021
ހޯދާ