ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސޮފްޓްވެއަރ ޓީމާއެކު މަސައްކަތްކުރާނެ ފްރަންޓް-އެންޑް ޑިވެލޮޕަރ ކޮންސަލްޓެންޓުން ހޯދުމަށް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސޮފްޓްވެއަރ ޓީމާއެކު މަސައްކަތްކުރާނެ ފްރަންޓް-އެންޑް ޑިވެލޮޕަރ ކޮންސަލްޓެންޓުން ހޯދުމަށް ކުރެވުނު މިޑިޕާޓްމަންޓްގެ ނަންބަރު 198-F/2021/123 (23 އޮގަސްޓް 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފާނުވާތީ އެއިޢުލާން ބާޠިލްކޮށް ފްރަންޓް-އެންޑް ޑިވެލޮޕަރ ކޮންސަލްޓެންޓުން ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ އިޢުލާނާއި މަޢުލޫމާތު ޝީޓުގެ ބައިން ލިބެންހުންނާނެއެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 5 އޮކްޓަބަރ 2021 ވަނަދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީހިސާބު 10 އޮކްޓޯބަރ 2021 ވަނަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަގެ މެއިލް އެޑްރެސް [email protected] ހުށައެޅުއްވުން އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ސަފަރް 1443
29 ސެޕްޓެމްބަރ 2021

29 ސެޕްޓެންބަރު 2021
ހޯދާ