ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހައުސް ކީޕަރ ( ލ.މުންޑޫ މެޖިސްޓްރޭޓް ކޯޓް)

 

އިޢުލާނު

ވަޒީފާގެ ފުރުޞަތު

ލ.މުންޑޫ މެޖިސްޓްރޭޓް ކޯޓަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

 

ނަންބަރު: O4C-A/2021/3

 

 

ތާރީޙް:  28 ސެޕްޓެންބަރު 2021

މަޤާމް:

ހައުސް ކީޕަރ (ދާއިމީ) 

ރޭންކް:  އެސް އެސް 1

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަސައްކަތް ކުރަންޖެހޭތަން:

ހައްދުންމަތީ މުންޑޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

3100/-  ރުފިޔާ

މިޤާމަށް ލިބޭ އެލަވަންސް:

  • ޖުޑީޝަލް އެލަވަންސް: 620/- ރުފިޔާ ( މުސާރައިގެ 20%)
  • ސަރވިސް އެލަވަންސް:  -/1000 ރުފިޔާ
  • ލިވިންގ އެލަވަންސް:  2550/-  ރުފިޔާ
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

  

އަސާސީ ޝަރުތު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް ލ.މުންޑޫ މެޖިސްޓްރޭޓް ކޯޓުން ނުވަތަ ލ.ގަމު މެޖިސްޓްރޭޓް ކޯޓުން ޓެސްޓު ކުރެވިގެންނެވެ.

 

އެހެނިހެން ޝަރުތު:

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅިކުރުމުގެ އިޙްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހެއްކަމުގައިނުވުން

 

  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވައިދު 2011ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ލ.މުންޑޫ މެޖިސްޓްރޭޓްކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު:

1-     ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔެކިޔުންތައް ކޯޓުން ހަމަޖައްސަވާ ގޮތެއްގެމަތިން އެފަރާތްތަކަށް ރައްދުކުރުން.

2-     ކޯޓު ޢިމާރާތުގެ އެތެރެއާއި ބޭރު އަދި ކޯޓު ހިމެނޭ ސަރަހައްދުގެ މަގުމަތީގައިވާ ވިނަ ނޮޅާ ކުނިކަހާ ސާފުކުރުން.

3-     ހަމަޖެހިފައިވާ އުޞޫލުގެ މަތިން ޝަރީޢަތުގެ މަޖުލީހާއި އިދާރީ މުވައްޒަފުން މަސައްކަތްކުރާ ބައިގެ ފަރުނީޗަރުތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން.

4-     ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި އަލަމާރި، ހަރުގަނޑުފަދަ ތަކެއްޗާއި ފަންކާތައް ހަމަޖެހިފައިވާ އުޞޫލުގެ މަތިން ސާފުކޮށް ބެލެހެއްޓުން.

5-     ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

6-     މީގެ އިތުރުންވެސް ކޯޓުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްޢޫލިއްޔަތުތައް ތަންފީޒު ކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޝަރުޢީދާއިރާގެ ވަޒީފާއަށްއެދި ހުށަހަޅާ ފޯމް ( ވަޒީފާއަށް އެދި ހުށަހަޅާ ފޯމް، މިކޯޓުން ލިބެން ހުންނާނެ އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.)

 

1-     ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.

2-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-     ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ

5-     ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ)

 

ސުންގަޑި:

10 އޮކްޓޯބަރު 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެކުރިން ލ.މުންޑޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ލ.ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • އިންޓަރވިއުއަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މަޤާމަށް މީހަކު ހޮވުމުގައި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
  • އިތުރު މައުލޫމާތު 6800094/6800623 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

 

                                     21 ޞަފަރު 1443

                                   28 ސެޕްޓެމްބަރު  2021 

 

           

 

 
 
28 ސެޕްޓެންބަރު 2021
ހޯދާ