ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިނިސްޓްރީއަށް ބޭނުންވާ އައި.ޓީ ހާޑްވެއަރތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމާއި ގުޅޭ މަޢުލޫމާތު ޝީޓް ގެޒެޓްއިންނާއި، މިމިނިސްޓްރީގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިމަސައްކަތާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތުތައް މިވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ މިކަމަށް އަގު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މިމަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ 03 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރަހަށް ފޮނުއްވުންއެދެމެވެ. މިކަމަށް އަގު ހުށަހަޅުއްވާނީ 05 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޟިރުވެއެވެ.
މިކަމަށް މީގެ ކުރިން ކުރި ނަންބަރ(IUL)28-FA-1/1/2021/182 އިޢުލާނާ ގުޅިގެން، މިކަމަށް ބޭނުންވާ މަޢުލޫމާތު ޝީޓް އަޕްލޯޑް ކުރުމުގައި ދަތިތަކެއް ދިމާވެފައިވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު މިކަމަށް އަލުން އިޢުލާންކުރީމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ޝީޓް ގެޒެޓްގައި މިއިޢުލާނާއި އެޓޭޗްކޮށްފައިވާނެއެވެ.
އީމެއިލް: [email protected]
ފޯން: 3327881
ވެބްސައިޓް: https://bit.ly/3m9zDGW
ނޯޓް: ބިޑް ހުށަހަޅަން އޮންނަ ދުވަހު، ކަނޑައެޅިފައިވާ ގަޑިއަށް މިނިސްޓްރީގެ ގޭޓް ހުޅުވާނެއެވެ.
20 ޞަފަރު 1443
27 ސެޕްޓެމްބަރ 2021
