މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މުޙައްމަދު ޤާސިމް ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ

މިނިސްޓްރީ އޮފް އެޑިޔުކޭޝަން               

    މާލެ، ދިވެހިރާއްޖެ

                                                 

ނަންބަރު: (IUL)22-E/22/2021/244

އިޢުލާން

މުޙައްމަދު ޤާސިމް ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ

ހުޅުމާލޭގައި 2021 އޮކްޓޫބަރު 24 ގައި ހުޅުވުމަށް ހަމަޖެހިފައިވާ މުޙައްމަދު ޤާސިމް ޕްރީ ސްކޫލުގެ އެ.ލްކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލަމެވެ. ދަރިވަރުންގެ ޔުނީފޯމުގެ ގޮތުގައި، މިހާރު ދަރިވަރު ހުރި ސްކޫލުގެ ޔުނީފޯމު ޑިސެންބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވިދާނެއެވެ. އަދި ބެލެނިވެރިން ބޭނުންނަމަ، ސްކޫލު ފެށޭއިރު ސްކޫލުގެ ޔުނީފޯމު ވެސް ބޭނުންކުރެވިދާނެއެވެ.

ސްކޫލުގެ ދަންފަޅިތައް ހަމަޖެހިގެންދާނީ ގްރޭޑުތަކަށް ދަރިވަރުން ރަޖިސްޓްރީވާ ނިސްބަތަށް ބެލުމަށްފަހުގައެވެ.

ވީމާ، މި ސްކޫލަށް ވައްދަން އެދޭ ދަރިވަރުންގެ ފޯމު ތިރީގައިވާ ލިންކު މެދުވެރިކޮށް 2021 އޮކްޓޫބަރު 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

https:myoffice.moe.gov.mv/forms/id/2

 

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

20   ޞަފަރު    1443 

27 ސެޕްޓެންބަރު 2021
ހޯދާ