ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މިޑިޕާޓްމަންޓްގެ ބޭނުމަށް މެކްބުކް ޕްރޯ 06 ލެޕްޓޮޕް ހޯދުމާއި ގުޅޭ.

އިޢުލާން

މިޑިޕާޓްމަންޓްގެ ބޭނުމަށް މެކްބުކް ޕްރޯ 06 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިޑިޕާޓްމަންޓްގެ ނަންބަރު 198-F/2021/127 (19 އޮގަސްޓް 2021) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަށް މިޑިޕާޓްމަންޓްއިން ފޯރުކޮއްދީފައިވާ ސްޕެސިފިކޭޝަންއާއި ދިމާނުވާތީ، އެ އިޢުލާން ބާޠިލްކޮށް ތަކެތީގެ އައު ސެޕްސިފިކޭޝަންއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ އިޢުލާނާއި މަޢުލޫމާތު ޝީޓުގެ ބައިން ލިބެންހުންނާނެއެވެ.

މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް  ބޭނުންވާނަމަ، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 3 އޮކްޓޯބަރ 2021 ވަނަދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީހިސާބު 7 އޮކްޓޯބަރ 2021 ވަނަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ސަފަރް 1443

27 ސެޕްޓެމްބަރ 2021

27 ސެޕްޓެންބަރު 2021
ހޯދާ