ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓްޓިއުޓްގެ އިމާރާތުގައި ހުރި މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވި ފައިވަނީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ އެސް.އެމް.އީ ތަކަށް އެކަންޏެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ރެޖިސްޓޭޝަނަށް އަދި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާއި އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.
|
ތާރީޚް އަދި ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން އަދި ރެޖިސްޓްރޭޝަން |
28 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހު 10:00 އަށް |
މޯލްޑިވްސް މެރިން ރިސަރޗް އިންސްޓްޓިއުޓް، ހ.ވައިޓް ވޭވްސް |
އަންދާސީ ހިސާބު ހުށަހެޅުން |
05 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ) |
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 08 (އަށް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3028703 އަދި 3339282 ނަންބަރު ފޯނަށެވެ.