ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2021 ޖޫން މަހު ބޭއްވުނު އެޗް.އެސް.ސީ އިމްތިހާނުގެ ނަތީޖާ ދޫކުރުމާ ގުޅޭ.

 

 (IUL)120/D/1/2021/61 ނަންބަރު

އިޢުލާން

 

2021 ޖޫން މަހު ބޭއްވުނު އެޗް.އެސް.ސީ އިމްތިހާނުގެ ނަތީޖާ ދޫކުރުމާ ގުޅޭ.

   މި ޑިޕާޓްމަންޓުގެ ނަންބަރު (IUL)120/A/1/2021/61 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. މި ޑިޕާޓްމަންޓުގެ ސާވަރ ސިސްޓަމަށް 2021 ސެޕްޓެންބަރު 21 ވަނަ ދުވަހު ދިމާވި ޓެކްނިކަލް މައްސަލަޔަކާ  ގުޅިގެން ސާވަރ މެދުވެރިކޮށް، ކުރަންޖެހޭ މަސައްކަތް ވަނީ ވަގުތީގޮތުން ހުއްޓިފައެވެ. ސާވަރއަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ. އެހެންކަމުން މިއަދު ދޫކުރުމަށް ހަމަޖެހިފައިވާ އެޗް.އެސް.ސީ އިމްތިހާނުގެ ނަތީޖާ ދޫކުރުން ފަސްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

   ސާވަރ އަށް ދިމާވި މައްސަލަ ޙައްލު ކުރެވުމުން، ނަތީޖާ ދޫކުރާނެ ވާހަކަ ދަންނަވަމެވެ. ނަތީޖާ ދޫކުރެވޭނެ ވަކި  ތާރީޚެއް އެނގޭނީ ސާވަރގެ މައްސަލަ ޙައްލު ކުރެވުމުން ކަމުގައި ވެސް ދެންނެވީމެވެ.

16 ޞަފަރު     1442

23 ސެޕްޓެންބަރު  2021

23 ސެޕްޓެންބަރު 2021
ހޯދާ