ދިވެހިރާއްޖެ
ބަޖެޓް ވެބްސައިޓް އަދި އެޕް އަޕްޑޭޓް ކުރުމާއި ބެހޭ
ބަޖެޓުގައިވާ މައުލޫމާތު މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2022 ވަނަ އަހަރަށް ބަޖެޓު ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން އަށް ބަދަލުތަކެއް ގެންނަން ބޭނުންވެއެވެ. މިގޮތުން ބަޖެޓުގައި އަލަށް ހިމެނޭ ޕްރޮގްރާމް ބޭސްޑް ބަޖެޓިންގ ތާވަލުތަކާއި، މަންތުލީ ޑޭޓާ އަޕްޑޭޓްކުރެވޭނެ އިންތިޒާމް މިހާރަށްވުރެ ހަރުދަނާ ކުރުމާއި، ބަޖެޓް އެގްޒެކިއުޝަން ރިޕޯޓުތައް ޑިޖިޓަލްކޮށް ޕަބްލިޝްކުރެވޭނެ ފީޗަރ ހިމެނުން އަދި 2022 ވަނަ އަހަރުގެ ބަޖެޓު ތީމް އަދި އާޓްވަރކް ވެބްސައިޓް އަދި އެޕުގެ ލޭއައުޓަށް ލައި ލޭންޑިންގ ޕޭޖަށް ބަދަލުތަކެއް ގެނައުން ހިމެނެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް 28 ސެޕްޓެމްބަރ 2021ގެ ކުރިން ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށްމިނިސްޓްރީ އޮފް ފިނޭންސްގެ އަށް ވަޑައިގެން ބިޑް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ. މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރަށް ގުޅައިގެން ނުވަތަ އީމޭލްގެ ޒަރިއްޔާއިން ހުށަހެޅުއްވޭނެއެވެ.
ފިސްކަލް އެފެއަރޒް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ފިނޭންސް
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 1617
އީމެއިލް އެޑްރެސް: [email protected] [email protected];
