ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2021 ޖޫން މަހު ބޭއްވުނު އެޗް.އެސް.ސީ އިމްތިހާނުގެ ނަތީޖާ ދޫކުރުމާ ގުޅޭ.

                                                               ނަންބަރު: (IUL)120/A/1/2021/60

އިޢުލާން

 

2021 ޖޫން މަހު ބޭއްވުނު އެޗް.އެސް.ސީ އިމްތިހާނުގެ ނަތީޖާ ދޫކުރުމާ ގުޅޭ.

 

2021 ޖޫން މަހު ބޭއްވުނު އެޗް.އެސް.ސީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން މި ހިނގާ ސެޕްޓެންބަރު މަހު ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ، 2021 ޖޫން މަހު ޓީޗަރ ބޭސްޑް އެސެސްމެންޓް ހެދި ދަރިވަރުންނަށް އެކަނި ކަމުގައި ދަންނަވަމެވެ.

އިމްތިހާނު ހެދި އެހެން ދަރިވަރުންގެ ތެރެއިން ނަތީޖާ ބޭނުންވާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރެއް މެދުވެރިކޮށް މި ޑިޕާޓްމަންޓަށް އެދި ހުށަހެޅުމުން އެ ދަރިވަރުގެ ނަތީޖާ ސެންޓަރަށް ފޮނުވާނެ ވާހަކަ ވެސް ދަންނަވަމެވެ.

މި ޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަގޮތުން އެޗް.އެސް.ސީ އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ 2021 ސެޕްޓެންބަރު 27 ން ފެށިގެން މި ޑިޕާޓްމަންޓުގެ ކައުންޓަރުން ހެނދުނު 0830 ން 1330 ށް ދޫކުރާނެއެވެ.

ޢާންމުކޮށް ސެންޓަރުތަކަށް އެޗް.އެސް.ސީ ގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޫބަރު 31 ވާ އާދީއްތަ ދުވަހު ކަމުގައި ވެސް ދަންނަވަމެވެ.

14 ޞަފަރު     1442

21 ސެޕްޓެންބަރު  2021

 

 

 

21 ސެޕްޓެންބަރު 2021
ހޯދާ