މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 6.03 ރަޖިސްޓްރީ ކުރުމާއިބެހޭ

އިޢުލާން

 

                        ރ.ދުވާފަރު 6.03 ނަމްބަރުގޭ ރ. ކަނދޮޅުދޫ ކުރެދިމާގެ އަލްފާޟިލް އަޙްމަދު މޫސާ އާއި ރ.ކަނދޮޅުދޫ ކުރެދިމާގެ އަލްފާޟިލާ ޝަމްސުއްނިސާ އިސްމާޢީލްގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2021 އޮކްޓޯބަރ 3 ވީ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެންގެވެން އެދެމެއެވެ.

                       މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފާރު 6.03 ނަމްބަރުގޭ ރ. ކަނދޮޅުދޫ ކުރެދިމާގެ އަލްފާޟިލް އަޙްމަދު މޫސާ އާއި ރ.ކަނދޮޅުދޫ ކުރެދިމާގެ އަލްފާޟިލާ ޝަމްސުއްނިސާ އިސްމާޢީލްގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

                                

                                 14 ޞަފަރު    1443

                                 21 ސެޕްޓެމްބަރ 2021

21 ސެޕްޓެންބަރު 2021
ހޯދާ