ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ޑައިކިން އެއަރކޮންޑިޝަން ސިސްޓަމެއްގެ ބައެއް އިންޑޯ ޔުނިޓާއި އައުޓްޑޯ ޔުނިޓު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހުގެ ޑައިކިން އެއަރކޮންޑިޝަން ސިސްޓަމެއްގެ ބައެއް އިންޑޯ ޔުނިޓާއި އައުޓްޑޯ ޔުނިޓު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި އޮފީހުގައި މިހާރު ބޭނުންކުރަމުންދާ ޑައިކިން އެއަރކޮންޑިޝަން ސިސްޓަމެއްގެ ބައެއް އިންޑޯ ޔުނިޓާއި އައުޓްޑޯ ޔުނިޓު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2021 ސެޕްޓެންބަރު 26 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 ސެޕްޓެންބަރު 26 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2021 އޮކްޓޫބަރު 3 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

12 ޞަފަރު 1443

19 ސެޕްޓެންބަރު 2021
ހޯދާ