ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ޔޫ.ޕީ.އެސް ހޯދުމާއިބެހޭ

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ޔޫ.ޕީ.އެސް ހޯދުމާއިބެހޭ

ނަމްބަރު:TENDER/HMH/2021/027

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ 3 ޔޫ.ޕީ.އެސް ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަންއާއި އެއްގޮތްވާ ގޮތުގެމަތިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ތިރީގައި މިވަނީ ބޭނުންވާ އައިޓަމްގެ ތަފްސީލެވެ.

ހޯދަން ބޭނުން ތަކެތީގެ ތަފްސީލް:

Quantity

Item

3 (Nos)

Uninterruptible Power Supply 3000VA 230V (UPS)

Specification

Output:

  • Power output (Watts)
  • Minimum 3.0kVA Online UPS
    • Output Voltage
    • Configurable for 220 : 230 or 240 nominal output voltage

Input:

  • Input Voltages
  • 220 V-240 V

Batteries & Runtime:

  • Recharge Time
  • 3hour(s)
    • Expected Battery Life (years)
    • 3 - 5

Ports:

  • Interface Port(s)
  • SmartSlot, USB
    • Control panel
    • Multifunction LCD status and control console
      • Audible Alarm
      • Alarm when on battery: distinctive low battery alarm: configurable delays
        • Emergency Power Off (EPO)
        • Yes

Warranty:

  • 3 years repair or replace (excluding battery) and 2 years for battery.

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  • އަގު ހުށަހެޅުއްވަންވާނީ މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީންނެވެ.
  • މި ބިޑު އިވެލުއޭޓް ކޮށް އެވޯޑު ކުރެވޭނީ ޖުމްލަކޮށް އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.
  • އަގު ހުށަހަޅުއްވާ އިރު ހުށަހަޅުއްވާ އައިޓަމްގެ ޑީޓެއިލް ސްޕެސިފިކޭޝަން ހުށަހަޅަން ޖެހޭނެއެވެ. އައިޓަމްތަކުގެ ސްޕެސިފިކޭޝަން ތަފްސީލް ނެތި ހުށަހަޅާ އަގުތައް ބަލައި ނުގެނެވޭނެއެވެ.
  • ހުށަހަޅާ ކޮންމެ ޔޫ.ޕީ.އެސް އަކަށް މަތީގައި ދެންނެވިފައިވާ ގޮތަށް ވޮރެންޓީ ދޭންޖެހޭނެއެވެ. ވޮރެންޓީ މުއްދަތު ބަޔާން ނުކުރާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ.
  • ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތައް ފައިނޭންޝަލް އިވެލުއޭޝަނަށް ދާނީ ޓެކްނިކަލް އިވެލުއޭޝަންއިން ފާސް ވުމުންނެވެ. މި އިވެލުއޭޝަންގައި މައިގަނޑު ގޮތެއްގައި ބެލެވޭނީ ހުށަހަޅައިފައިވާ އައިޓަމްތައް ހޮސްޕިޓަލުގެ ރިކުއާމެންޓް ޝީޓްގައިވާ މައުލޫމާތުތަކަށް ފެތޭތޯއެވެ.
  • ބިޑު އެވޯޑު ކުރެވޭ ފަރާތުން ހުށަހަޅާ އައިޓަމްތައް ބަލައިގަނެވޭނީ ގެންނަ އައިޓަމްތަކުގެ ކޮލިޓީ ޔަގީން ކުރުމަށްފަހުގައެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • އަންދާސީ ހިސާބު
  • ސަޕްލައިކޮށްދެވޭނެ އަގު
  • ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 ދުވަސް ވާންވާނެއެވެ.
  • ކުންފުނީގެ މައުލޫމާތު
  • ކުންފުނީގެ ނަމާއި ފުރިހަމަ އެޑްރެސް، ފޯނު ،ފެކްސް އަދި އީމެއިލް އެޑްރެސް ބަޔާންކުރުން
  • ކުންފުނީގެ މެނޭޖަރ އިން ފެށިގެން މަތީގެ ފަރާތްތަކުގެ ނަމާއި ކުންފުނީގެ މަގާމް، އައި.ޑީ ކާޑުކޮޕީ އަދި ފޯނު ނަމްބަރު.
  • ކުންފުނީގެ މައިގަނޑު މަސައްކަތްތައް
  • ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  • ވޭތުވެދިޔަ ތިން މަސްދުވަހުގެ (ޖެނުއަރީ، ފެބްރުއަރީ، މާރޗް) ބޭންކް ސްޓޭޓްމަން ނުވަތަ 2019 ވަނަ އަހަރުގެ އޯޑިޓް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ) ހުށަހަޅަން ވާނެއެވެ.
  • މަސައްކަތުގެ  ތަޖްރިބާ ހުރިމިންވަރު ދެނެގަތުމަށް ލިޔުން ހުށަހެޅުން
  • ވޭތުވެދިޔަ 3 (ތިނެއް) އަހަރު ދުވަސްތެރޭ (އޭޕްރީލް 2018 އިން ފެށިގެން މާރިޗު 2021 އަށް) މިމަސައްކަތާއި ގުޅުންހުރި ގޮތުން ކޮށްފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުންތައް ( އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުންތައް) ހުށަހެޅުން.
  • ތަޖުރިބާއަށް މާކްސް ދިނުމުގައި ހުށަހަޅައިފައިވާ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ. ސައްހަކަން ކަށަވަރުނުވާ ސިޓީތައް އެވެލުއޭޝަނުގައި ބައިވެރި ނުކުރެވޭނެއެވެ.

( މުހިއްމު ނޯޓް: އަގުތައް ނުހުންނަ ލިޔުންތައް ބަލައި ނުގަނެވޭއެވެ.)

  • މަސައްކަތާއި ގުޅުން ހުރިކަމަށް ބެލެވޭނީ އައިޓީ އާއި ގުޅުންހުރި ތަކެތި ސަޕްލައިކުރުމުގެ މަސައްކަތާއި ގުޅޭގޮތުން ހުށަހަޅާ ލިޔުންތަކެވެ.
  • މިބިޑަށް މާކްސް ދެވޭނީ މި މައުލޫމާތުކަރުދާހުގައި ހިމަނައިފައިވާ އިވެލުއޭޝަން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެވޯޑުކުރުން

އަގު

80 ޕޮއިންޓް

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް (ޕްރޯރާޓާ އުސޫލުން)

މުއްދަތު

20 ޕޮއިންޓް

އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް (ޕްރޯރާޓާ އުސޫލުން)

އަންދާސީ ހިސާބު ހުށަހަޅާނެގޮތް

ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.

BID REFERENCE: TENDER/HMH/2021/027
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350113

ބީލަން ހުށަހެޅުން

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ  ވައްލަ މީޓިންގް ރޫމަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 ނޯޓު:

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 / 3350152 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

19 ސެޕްޓެމްބަރ 2021

19 ސެޕްޓެންބަރު 2021
ހޯދާ