ދިވެހިރާއްޖެ
ކޮވިޑް 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-L/426/2021/18 (28 އޮގަސްޓް 2021) ސިޓީއިން އައްޑޫސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި އަޅާފައިވާ ތިރީގައި މިދަންނަވާ ފިޔަވަޅުތައް ދަމަހައްޓަން ވަނީ އަންގަވާފައެވެ. އެގޮތުން؛
- އާއްމުކޮށް ބާއްވާ އެއްވުންތަކާއި ޕާޓީތައް ބޭއްވުން މެދުކަނޑާލުން.
- 2021 ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ ރެއިން ފެށިގެން ކޮންމެ ރެއެއްގެ 21:00 އިން ފެށިގެން ފަތިހު 04:00ގެ ނިޔަލަށް ކާފިއު ވަގުތު ކަމުގައި ހަމަޖައްސައި، މިވަގުތުތަކުގައި ބޭރަށް ނިކުތުން މަނާވުން. އަދި ކޮންމެހެން ބޭރަށް ދާންޖެހޭނަމަ އައްޑޫ އީ.އޯ.ސީގެ ހުއްދައާއި އެކު ބޭރަށް ދިއުން.
- ގާޑިޔާ، ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 21:00 ގެ ނިޔަލަށް ހުޅުވައިގެން ޚިދުމަތް ދިނުމާއި، އަދި އައްޑޫ އީ.އޯ.ސީގެ ހުއްދައާއި އެކު ރޭގަނޑު 00:00 އާ ހަމައަށް ޑެލިވަރީގެ ޚިދުމަތް ދިނުން.
- ފިހާރަތަކުން ރޭގަނޑު 21:00 ގެ ނިޔަލަށް ހުޅުވައިގެން ޚިދުމަތް ދިނުމާއި، އަދި އައްޑޫ އީ.އޯ.ސީގެ ހުއްދައާއި އެކު ރޭގަނޑު 22:00ގެ ނިޔަލަށް ޑެލިވަރީގެ ޚިދުމަތްދިނުން.
މީގެ އިތުރުން، އައްޑޫ ސިޓީން ފުރާ އެންމެންގެ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާއެކު ފުރުމުގެ ހުއްދަ ދިނުމާއި ޒަރޫރީ ބޭނުމަށް ދަތުރުކުރާ އެންމެހައި ފަރާތްތައް އެޅިފައިވާ އެންމެހައި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އަންގަވާފައެވެ. މޮނިޓަރިންގ ހާލަތުގައި އާއްޑުއިން ދަތުރުކުރެވޭނީ އައްޑޫ އީ،އޯ.ސީގެ ހުއްދަ ލިބިގެން ކަމުގައި ވެސް ދެންނެވީމެވެ.
މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ.
11 ޞަފަރު 1443