ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ނަންބަރ CB/1/2021/165-ވ425(IUL) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
އެ އިޢުލާނުގައި ބަޔާންކޮށްފައިވާ މާލެ ސިޓީގައި އައްޔަންކުރެވޭ ބުލޮކް ވެރިޔާއަށް ކުރިމަތިލުމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 16 ސެޕްޓެމްބަރ 2021 ވަނަ ދުވަހު 14:00 ކަމުގައި ވީ ނަމަވެސް، އެ މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ، މާލެ ސިޓީގެ ބުލޮކް ވެރިޔާއަށް ކުރިމަތި ލުމުގެ މުއްދަތު 17 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކޮށްފީމެވެ.
މިގޮތުން މާލެ ސިޓީގައި އައްޔަންކުރެވޭ ބުލޮކް ވެރިޔާއަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 17 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
10 ސަފަރު 1442