މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އީ- ކޭ ވައި ސީ ރެގިއުލޭޝަން އަދި މިކަމާއި ގުޅޭ ގައިޑްލައިން ތައްޔާރު ކޮއްދޭނެ ކޮންސަލްޓަންޓް އެއް ހޯދުން

1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އީ- ކޭ ވައި ސީ ރެގިއުލޭޝަން އަދި މިކަމާއި ގުޅޭ ގައިޑްލައިން ތައްޔާރު ކޮއްދޭނެ ކޮންސަލްޓަންޓް އެއް ހޯދަންބޭނުންވެއްޖެއެވެ.

 

2. މި ބިޑާ ގުޅޭ ރިކުއަސްޓް ފޮރ ޕްރޮޕޯސަލް (އާރްއެފްޕީ) މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އަށް އަޕްލޯޑް ކުރެވިފައިވެސްވާނެއެވެ.

 

3. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް އެފަރާތެއްގެ ތަފްސީލް މަޢުލޫމާތާ އެކު (ކުންފުނީގެ ނަން، ގުޅޭނެ ފަރާތެއްގެ ނަން އަދި ނަންބަރު، މަގާމު، އީމެއިލް އެޑްރެސް، އަދި ކުންފުނީގެ ވެބްސައިޓް އެޑްރެސް) އީމެއިލް ކުރައްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސްލް ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.

 

4. މި ބިޑާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 30 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

5. މި މަސައްކަތަށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުން 04 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް ބިޑު އީމެއިލް ކުރެއްވުން އެދެމެވެ. މި ގަޑީގެ ފަހުން ހުށަހަޅުއްވާ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ.

 

 

16 ސެޕްޓެންބަރު 2021
ހޯދާ