ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އިންޓަރންސް (ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން)

އިންޓަރންޝިޕް ފުރުޞަތު

ނަންބަރު: 198A/2021/168

ތާރީޚް: 16 ސެޕްޓެންބަރު 2021

މަޤާމު

އިންޓަރންސް

ޢަދަދު

02

ބޭނުންވާ މުއްދަތު:

03 މަސް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކޮންޓްރެކްޓް އާ ކުރެވިދާނެ)

މަސައްކަތް ކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

މަސައްކަތްކުރަން ޖެހޭ ވަގުތު

ހެނދުނު 08:00 އަކުން މެންދުރު ފަހު 02:00 އަށް (ޑީޖޭއޭ އިން ކަނޑައަޅާ އުޞޫލެއްގެ ދަށުން ފްލެކްސީ ޓައިމްވެސް ހަމަޖެއްސިދާނެ)

ޝަރުތު

ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ނިންމައިފައިވުން.

އިންޓަރނުންގެ މަސްއޫލިއްޔަތުތައް

ޝަރުޢީ ދާއިރާގެ މުވައްޒަފުންނާއި ގުޅޭ މަޢުލޫމާތު އެޗްއާރު ސޮފްޓްވެއަރއަށް އެންޓަރކޮށް އަދާހަމަކުރުމުގެ މަސައްކަތްތަކުގައި ބޭނުންވާ ސަޕޯޓް ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި

  • އިންޓަރނުންނަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތުގެ ސިޓީ (ސިޓީ އެޑްރެސް ކުރައްވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ އަށް)
  • އިންޓަރނުންނަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފު ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340854 އަދި އީ-މެއިލް ކުރާނީ   [email protected] އަށެވެ.

 

އިންޓަރންޝިޕަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ހުނަރަށް ބަލައި، އިންޓަރންޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު އިންޓަރނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ، ތަޢުލީމީ ފެންވަރާއި ހުނަރަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރންޝިޕަށް އެދެންވީގޮތާއި ސުންގަޑި

2021 ސެޕްޓެންބަރު 26 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ނޯޓް: އިންޓަރންއަށް އެދި ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި ހުށައަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

އިންޓަރނުންނަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ހިއުމަން ރިސޯސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ފަދަ ދާއިރާއަކުން ތަޢުލީމު ޙާސިލް ކުރަމުންދާ ފަރާތްތައް.
  • ހިއުމަން ރިސޯސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ފަދަ ދާއިރާއަކުން ތަޢުލީމު ޙާސިލް ކުރާ ފަރާތްތަކުން ސެޓްފިކެޓް ޙާޞިލްކުރުމަށް ފުރިހަމަކުރަންޖެހޭ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތައް.
  • ވަޒީފާގެ ބާޒާރަށް ނުކުތުމުގެ ކުރިން މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތައް.
16 ސެޕްޓެންބަރު 2021
ހޯދާ