ދިވެހިރާއްޖެ
1 ވަނަ އިޢުލާން
ލ.މާބައިދޫގައި ޤާއިމްކުރާ 25 ޓަނުގެ (50 ޓަނުގެ ސްޓޯރޭޖާއެކު) އައިސްޕްލާންޓްގެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލެވި ފައިވަނީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސް.އެމް.އީ) ތަކަށެވެ.
ޕްރޮޖެކްޓްނަންބަރު |
ޕްރޮޖެކްޓްނަން |
ޕްރޮޖެކްޓްބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ގެރެންޓީ ދިވެހި ރުފިޔާ ( ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން ) |
(IUL)30-C/30/2021/192 |
ލ.މާބައިދޫގައި ޤާއިމްކުރާ 25 ޓަނުގެ (50 ޓަނުގެ ސްޓޯރޭޖާއެކު) އައިސްޕްލާންޓްގެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުން |
ބިޑް ސެކިއުރިޓީ:2,200/- ( ދެހާސް ދުވިސައްތަ ރުފިޔާ( ޕާފޯމަންސް ގެރެންޓީ: 88,000/-(އަށްޑިހަ އަށްހާސް ރުފިޔާ) |
- މި މަޝްރޫޢު ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޕްރޮކިޔުމަންޓް އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި މަޝްރޫޢު ބެހޭ އެންމެހައި ލިޔެކިޔުންތައް 15 ސެޕްޓެމްބަރ 2021 އިން ފެށިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓުން ( www.fishagri.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަށް ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީއާއިބެހޭ އިތުރު މަޢުލޫމާތު، "ބީލަމާބެހޭ މަޢުލޫމާތު ކަރުދާހު"ގައި ވާނެއެވެ.
- މި މަޝްރޫޢު ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީވުމަށް 19 ސެޕްޓެމްބަރ 2021 ގެ 13:00 ގެ ކުރިން [email protected] އީމެއިލް ކުރެއްވުން އެދެމެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 11:00 ގައި ބީލަން ހުށަހެޅުވުން އެދެމެވެ. ބީލަން ބަލައިގަތުން އޮންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތުގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ.
- ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ފޯން ނަންބަރު : 33392723339282,
އީމެއިލް: [email protected]
9- ޕްރޮޖެކްޓްތަކާއި ގުޅޭ މަޢުލޫމާތު، އެގޮތުން، ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް، ބީލަން ޝީޓް އަދި ބީލަމުގެ ޖަދުވަލުތައް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.