ދިވެހިރާއްޖެ
ކުނިމެނޭޖް ކުރުމާއި ބެހޭ
ގޭބިސީ ، ވިޔާފާރި ކުރާ ތަންތަން އަދި ސަރުކާރުގެ އިދާރާތަކުން އުފެދޭކުނިތައް ރައްކާތެރިކަމާއެކު ފަސޭހައިން ނައްތާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިކައުންސިލުން ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިދަންވާ ފީނެގުމުގެ ތަފްސީލްގައިވާ ގޮތުގެ މަތިން ކައުންސިލްގެ އިދާރާއަށް މަހުންމަހަށް ފައިސާ ދައްކަވަން ޖެހޭނެއެވެ.
ފީނެގުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް
| 
 ގޭބިސީ ތަކުން  | 
 މަހަކު 100.00ރފ  | 
| 
 ވިޔަފާރި ކުރާ ފަރާތްތަކުން  | 
 މަހަކު 150.00ރފ  | 
| 
 ސަރުކާރުގެ އިދާރާތަކުން  | 
 މަހަކު 250.0ރފ  | 
ވީމާ ، މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
