ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތު ރޯޝަނީ ބިލްޑިންގ 6 ވަނަ ފަންގިފިލާގެ އިންޓީރިއަރ ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)23-AP/23/2021/191 (29 އޮގަސްޓް 2021) އިއުލާނުގެ މައުލޫމާތު ކަރުދާހުގައިވާ ކުށަކާއިގުޅިގެން އެއިއުލާނު ބާތިލުކޮށް، މައުލުމާތު ކަރުދާސް އިސްލާހުކޮށް އަލުން އިއުލާންކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 12 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާންގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި 22 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހު ހެނދުނު 10:30 ށް ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީގައި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
05 ޞަފަރު 1443
