ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ،
ދިވެހިރާއްޖެ
ނަމްބަރު: IUL10-F/10/2021/128
އިޢުލާން
މިއަހަރުގެ ޤައުމީ ދުވަހާއި ގުޅިގެން 6 އޮކްޓޯބަރު 2021 ވާ ބުދަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމީ ޖަލްސާގެ ސްޓޭޖްގެ ކޮންސެޕްޓް، ބެކްޑްރޮޕް އަދި ސައުންޑާއި، ލައިޓް ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2021 ވާ ބުދަ ދުވަހު ހެނދުނު 8:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހު ހެނދުނު 9:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
