ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމުގައި ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ތާރީޚް: 12 ސެޕްޓެމްބަރ 2021

ނަންބަރު:  (IUL)327-A/327/2021/1174 

ނައިފަރު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމުގައި ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ނައިފަރު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން 5 އަހަރު ދުވަހުގެ މުއްތަށް (2022 އިން 2026 އަށް) އެކުލަވާލުމަށާއި، ނައިފަރުގެ ލޭންޑް ޔޫޒް ޕްލޭން މުރާޖާކުރުމާއި، ނައިފަރު ބަނދަރު ޕްލޭން މުރާޖާކުރުމުގެ މަސައްކަތްތައް 5 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ކޮންސަލްޓެންސީ ބޭނުންވާ ދާއިރާތަކާއި ޒިންމާތައް

 ނައިފަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން 2022 އިން 2026 އަށް އެކުލަވާލުން

 ނައިފަރުގެ ލޭންޑް ޔޫޒް ޕްލޭން މުރާޖާޢާކުރުން

 ނައިފަރު ބަނދަރު ޕްލޭން މުރާޖަޢާކުރުން

 ކައުންސިލުން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް، ކައުންސިލުން އަންގާ ގޮތެއްމަތިން މި ޕްލޭންތައް އެކުލަވާލާ ނިންމުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން

 ކައުންސިލްއިން ބޭނުންވާ އެހެނިހެން ޓެކްނިކަލް އެހީތެރިކަންދިނުން

 ޕްލޭން އެކުލަވާލުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ކައުންސިލާއެކު ބައިވެރިވުން

ކޮންޓްރެކްޓްގެ އަގާއި، މުއްދަތު އަދި ޝަރުޠު

ކޮންސަލްޓެންސީ ޚިދުމަތުގެ އަގު: މަހަކަށް 15,000/- (ފަނަރަހާސް ރުފިޔާ)

ލިވިންގ އެލަވަންސް: މަހަކަށް 5,000/- (ފަސްހާސް ރުފިޔާ)

ކޮންޓްރެކްޓް ކުރެވޭ މުއްދަތު: 5 (ފަހެއް) މަސްދުވަސް

ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅާ ފަރާތަކީ އާބަން ޑިވެލޮޕްމަންޓްގެ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާޟިލްކޮށްފައިވުމާއެކު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އަދި ލޭންޑް ޔޫޒް ޕްލޭން ފަދަ އާބަން ޑިވެލޮޕްމަންޓް މަސައްކަތްތަކާއި ގުޅުންހުރި ޕްލޭންތައް ތައްޔާރުކުރުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތެއް ކަމުގައިވާންވާނެއެވެ. ޝަރުޠު ފުރިހަމަ ކުރާނީ ހުށަހަޅާ ލިޔުންތަކަށް ބަލައިގެންނެވެ. އަދި މިލިޔުންތަކުގައި އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖެހިފައި ހުންނަން ވާނެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިސިޓީއާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އައިޑީކާޑްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620068 އަދި 9991199 މިނަންބަރު ތަކާއި ގުޅުންވުން އެދެމެވެ.

12 ސެޕްޓެންބަރު 2021
ހޯދާ