ދިވެހިރާއްޖެ
މާފެހަލާ ކުއްޔަށް ދިނުމާއި ގުޅޭ
މިކައުންސިލުގެ އިޙްތިސާސް ތެރޭގައިވާ މާފެހަލާ ދަނޑުވެރިކާމާއި ސިނާއީ މަސައްކަތް ކުރުމަށް 10 އަހަރު ދުވަހަކަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މިރަށަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
މާކުސް ދެވޭނެ ގޮތުގެ ތަފްސީލް
| 
 #  | 
 ތަފްސީލް  | 
 މާކުސް  | 
| 
 1  | 
 އެންމެމަތީ އަގުހުށަހަޅާ ފަރާތްތަކަށް.  | 
 40  | 
| 
 2  | 
 ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްފަހަރާ އެޑްވާންސްކޮށް އެ ރަށަށް (މާފެހެލާ) އެންމެ ގިނަ ފައިސާ ދިނުމަށް ހުށަހަޅާ ފަރާތް. މިގޮތުން އެފަރާތްތަކުން ދައްކާފައިސާ ކުލިން ކެނޑޭނެއެވެ.  | 
 10  | 
| 
 3  | 
 އިޖްތިމާއީ ކަންކަމަށް އެހީތެރިވެދޭ މިންވަރަށް. - މިރަށު (ގއ ކަނޑުހުޅުދޫ) އިޖްތިމާއީ ކަންމަށް ފޯރުކޮށްދޭނެ މާލީ އެހީތެރިކަން (03 މާކުސް) - މިރަށު (ގއ ކަނޑުހުޅުދޫ ) ރައްޔިތުންނަށް ވަޒީފާގެ މިންވަރު. (03 މާކުސް) - މިރަށު (ގއ ކަނޑުހުޅުދޫ) ގައި ހިންގޭނެ ހަރަކާތްތަކަށް. (03 މާކުސް) - މިރަށު (ގއ ކަނޑުހުޅުދޫ) ގައި އިޖްތިމާއީ ގޮތުން ޤާއިމް ކޮށްދޭނެ ކަންތައްތައް. (03 މާކުސް) - މިރަށު (ގއ ކަނޑުހުޅުދޫ) ގެ ޒުވާނުން ތަމްރީނު ކުރުން. (03 މާކުސް) (މިކަންތައްތަކަށް ހުށަހަޅާ މިންވަރަށް ބަލާ މާކުސް ދެވޭނެ)  | 
 15  | 
| 
 4  | 
 - ދަނޑުވެރިކަމާއި، ސިނާއީ މަސައްކަތް ކުރުމުގެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖްރިބާގެ މުއްދަތަށް  | 
 15  | 
| 
 5  | 
 ޕްރޮޖަކްޓަށް ޚަރަދު ކުރުމަށް ރާވާފައިވާ ފައިސާގެ މިންވަރަށާއި އެފައިސާ ޚަރަދު ކުރުމަށް ރާވާފައިވާ މުއްދަތު. މިގޮތުން މިކަން ޔަގީންކުރުމަށްޓަކައި އެކުންފުނީގެ ނުވަތަ އެފަރާތެއްގެ 1 އަހަރު ދުވަހު ބެންކް ސްޓޭޓްމަންޓް، ނުވަތަ އެފަދަ ލިޔުންތައް ހުށަހެޅުން  | 
 
 10 
  | 
| 
 6  | 
 ޕްރޮޖަކްޓު ނިންމާ އެބިންތަކުން ރައްޔިތުންނަށް ޚިދުމަތް ދޭން ހުށަހަޅާ އަވަސް މުއްދަތަށް  | 
 10  | 
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޫބަރ 2021 ވާ އާދީއްތަ ދުވަހު 13:00 ށް އަގުގެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
އަގާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- މާކުސް ދެވޭނެ ގޮތުގެ ތަފްސީލުގައިވާ ހުރިހާ ލިޔުންތައް
- ކުންފުންޏެއްގެ ނަމުގައި އަގު ހުށަހަޅާނަމަ ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރީ ސެޓްފިކެޓް، ޖީއެސްޓީ ސެޓްފިކެޓުގެ ކޮޕީ.
- އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.
