މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރާއި ރ.އުނގޫފާރާއި ދެމެދު ފެރީ ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ނަމްބަރ: (IUL)304-CA/304/2021/92

ތާރީޚް: 09 ސެޕްޓެމްބަރ 2021

ރ.ދުވާފަރާއި ރ.އުނގޫފާރާއި ދެމެދު ފެރީ ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

 

                

ރ.ދުވާފަރާއި ރ.އުނގޫފާރާއި ދެމެދު ފެރީ ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން  އިޢުލާންކުރަމެވެ. މި އިދާރާއިން ބޭނުންވާ ގޮތަކަށް މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކުގައި މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

 

 

ތާރީޚް

ދުވަހާއި ގަޑި

މައުލޫމާތު ސާފުކުރުން

13 ސެޕްޓެމްބަރ 2021

ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި

ބިޑް ހުށަހެޅުން

16 ސެޕްޓެމްބަރ 2021

ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި

 

               ޕްރޮޕޯސަލް ހުށައެޅުމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ (ކުންފުނި، ޕާޓްނަޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.     

އިތުރު މަޢުލޫމާތު

އަގު                                                                

85%

ތަޖުރިބާ

5%

ޕްރޮޕޯސަލް

10%

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. ތަޖުރިބާކަމަށް ބެލެވޭނީ މަސައްކަތް ކޮށްފައިވާތާކުން އެތާގެ ލެޓަރހެޑުގައި ލިޔެ އެތާގެ ތައްގަނޑު ޖަހާ ވެރިއެއްގެ ސޮއިކޮށްފައިވާ ލިޔުން ހުށައެޅުމުންނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

 

                        02 ޟަފަރު 1443

                        09 ސެޕްޓެމްބަރ 2021

09 ސެޕްޓެންބަރު 2021
ހޯދާ