ދިވެހިރާއްޖެ
ފެމެލީ ކޯޓު މޫންލައިޓް ބިލްޑިންގއާއި ޖަސްޓިސް ބިލްޑިންގއާއި ދެމެދު ޑާކް ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއްހޯދުމަށް އިޢުލާން ކުރަމެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިޢުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. ޝައުގުވެރިވެލައްވާ ފަރާތްތަކުން މަސައްކަތާ ގުޅޭމަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 14 ސެޕްޓެމްބަރ 2021 ވަނަދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެ.
ނޯޓް: މި ޑިޕާޓްމަންޓްގެ ވެބްސައިޓުގައި މަޢުލޫމާތު ޝީޓު ޝާޢިއުކުރެވިފައިވާތީ، މަޢުލޫމާތަށް ހާޟިރުވާފަރާތްތަކަށް ހާރޑް ކޮޕީ ޕްރިންޓްކޮށް ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށްފަހު، 2021 ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ 10:00އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށްޓަކައި ކުންފުނީގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު މި ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.