އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ޚަރަދު ތަކާގުޅޭ
(IUL)38-AC/38/2021/700:ނަންބަރ
އިޢުލާނު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ޚަރަދު ތަކާގުޅޭ
2021 އެޕްރީލް 10 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން މިއަދާ ހަމައަށް ފައިސާ ލިބިފައިނުވާ އެއްވެސް ފަރާތެއްވާނަމަ، 2021 ސެޕްޓެންބަރު 28 ވާ އަންގާރަދުވަހު 14:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
- ފުރިހަމަ ނަން:
- އައީޑީކާޑު ނަންބަރު:
- ދިރިއުޅޭ ތަން (އެޑްރެސް/އަތޮޅު/ރަށް):
- ނުލިބިވާ ފައިސާގެ ތަފްސީލް:
- ގުޅޭނެ ނަންބަރު:
- އީމެއިލް އެޑްރެސް:
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
08 ސެޕްޓެންބަރު 2021
ހޯދާ
