ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އިންޓަރންސް

އިންޓަރންޝިޕް ފުރުޞަތު

ނަންބަރު: 198A/2021/147

ތާރީޚް: 07 ސެޕްޓެންބަރު 2021

މަޤާމު

އިންޓަރންސް

ޢަދަދު

04

މަސައްކަތްކުރަންޖެހޭ ތަން

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު

ބޭނުންވާ މުއްދަތު:

03 މަސް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، 03 މަހުން 03 މަހުން ކޮންޓްރެކްޓް އާ ކުރެވޭނެ)

މަސައްކަތް ކުރަންޖެހޭ ތަން

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު

މަސައްކަތްކުރަން ޖެހޭ ވަގުތު

ހެނދުނު 08:00 އަކުން މެންދުރު ފަހު 02:00 އަށް (ކޯޓުން ކަނޑައަޅާ އުޞޫލެއްގެ ދަށުން ފްލެކްސީ ޓައިމްވެސް ހަމަޖެއްސިދާނެ)

ޝަރުތު

ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ނިންމައިފައިވުން.

އިންޓަރނުންގެ މަސްއޫލިއްޔަތުތައް

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ޝަރުޢީ އަދި އިދާރީ މަސައްކަތްތަކުގައި ބޭނުންވާ ސަޕޯޓް ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި

  • އިންޓަރނުންނަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތުގެ ސިޓީ (ސިޓީ އެޑްރެސް ކުރައްވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ އަށް)
  • އިންޓަރނުންނަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފު ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340854 އީ-މެއިލް ކުރާނީ   [email protected] އަށެވެ.

 

 

އިންޓަރންޝިޕަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ހުނަރަށް ބަލައި، އިންޓަރންޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު އިންޓަރނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ، ތަޢުލީމީ ފެންވަރާއި ހުނަރަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރންޝިޕަށް އެދެންވީގޮތާއި ސުންގަޑި

2021 ސެޕްޓެންބަރު 13 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ނޯޓް: އިންޓަރންއަށް އެދި ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި ހުށައަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

އިންޓަރނުންނަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ތަޢުލީމު ޙާސިލް ކުރަމުންދާ ފަރާތްތައް.
  • ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ތަޢުލީމު ޙާސިލް ކޮށްފައިވާ ފަރާތްތަކާއި، އަދި ދާއިރާއިން ހޯދަންޖެހޭ ޚާއްސަ ލައިސަންސެއް ހޯދުމަށް ފުރިހަމަކުރަންޖެހޭ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތައް.
  • ވަޒީފާގެ ބާޒާރަށް ނުކުތުމުގެ ކުރިން މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތައް.
07 ސެޕްޓެންބަރު 2021
ހޯދާ