ދިވެހިރާއްޖެ
ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހިންގާ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެސް.އެފް.އާރް.ޑީ.ޕީ)] އަކީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓްގެ ތެރެއިން ގއ.މާނާގަލާގެ ފުރަތަމަ ފިޔަވަހީގައި ވަނީ މުހިންމު އިމާރާތްތަކެއް ކުރެވިފައެވެ. އަދި ދެވަނަ ފިޔަވަހީގައި އިތުރު ޢުމްރާނީ މަސައްކަތްތަކެއް ކުރުމަށްވަނީ ރޭވިފައެވެ. ދެވަނަ ފިޔަވަހި ފެށުމާ ހަމައަށް ގއ.މާނާގަލާގައި ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.
މަސައްކަތް: ގއ.މާނާގަލާގެ ސެކިއުރިޓީ ބެލެހެއްޓުން.
މުއްދަތު: އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 6 މަސްދުވަސް. މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މިނިސްޓްރީއިން ޤަބޫލުކުރާ ފެންވަރަށް މަސައްކަތް ކުރާނަމަ، އިތުރު މުއްދަތަކަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވޭ.
މަސައްކަތުގެ އަގު: ކޮންމެ މީލާދީ މަހަކަށް ޖެހޭވަރު.
ކުރިމަތި ލެވޭނެ ފަރާތްތައް: ދިވެހި ފަރުދުންނަށް، ނުވަތަ 0 ދިވެހި ހިއްސާއޮންނަ ކުންފުނި، ޕާޓްނަރޝިޕް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް.
މަސައްކަތުގެ ތަފްސީލް:
- ގއ. މާނާގަލާގައި ސެކިއުރިޓީ ބަލަހައްޓަންވާނީ މަދުވެގެން 3 މީހުން އެރަށުގައި ޤާއިމުވެ ތިބޭގޮތަށް ރާވައިގެން ދުވާލަކު 24 ގަޑިއިރު ހަފްތާއަކު 7 ދުވަހު ސެކިއުރިޓީ ބެލެހެއްޓޭގޮތަށެވެ. މަސައްކަތަށް ހޮވޭފަރާތުން ރަށުގައި ބަހައްޓާ މީހުންނަކީ ކޮބައިކަން މިނިސްޓްރީއަށް އަންގާ ހުއްދަ ހޯދަންވާނެއެވެ. އެބަޔަކަށް ހުއްދަ ދެވޭނީ އެބަޔަކީ މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ހުރިބައެއްކަން ސާބިތުކޮށްދިނުމުންނެވެ.
- ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ދިރިއުޅެވޭނެ ކޮޓަރި (ހުސް ކޮށްހުރި/ ފަރުނީޗަރު ނުލާ) ފާޚާނާއާއެކު މިރަށުން ހަމަޖައްސައި ދެވޭނެއެވެ. ކެއިން ބުއިމަށް ބޭނުންވާތަކެތި، ކައްކަން ބޭނުންކުރާނެ ތަކެތި، އަދި ފަރުނީޗަރު ފަދަ ތަކެތި ހަމަޖައްސަންވާނީ އަމިއްލަ ޚަރަދުގައެވެ.
- ސެކިއުރިޓީ ބަލަހައްޓާ މުއްދަތުގެ ތެރޭގައި މިނިސްޓްރީގެ ހުއްދައަކާއި ނުލާ އެއްވެސް ފަރާތަކަށް ރަށަށް އެރިޔަދީގެން ނުވާނެއެވެ. އަދި ހުއްދަނެތި ބަޔަކު އަރާނަމަ އެކަން ހުއްޓުވަން މަސައްކަތް ކޮށް، ކަމާއިބެހޭ ފަރާތްތަކަށް އަންގަންވާނެއެވެ. (ޕޮލިހަށް ގުޅުން، މިނިސްޓްރީއިން އަންގާފަރާތަކަށް އެންގުން)
- ރަށުގައި ހެދިފައިވާ އިމާރާތްތަކާއި، ބަހައްޓާފައިވާ ހަރުމުދާތަކަށް (ޖަނެރޭޓަރު، ފެންޕްލާންޓް ފަދަ) އެއްވެސް ގެއްލުމެއް ވިޔަނުދީ ބެލެހެއްޓުމާއި އަދި އާންމުކޮށް ރަށުގެ ޙާލަތު ބަލައި މޮނިޓަރ ކުރަމުންދިއުން.
- ގއ. މާނާގަލާގައި އަޅާފައިވާ އިމާރާތްތަކާއި ބަހައްޓާފައިވާ ޖަނެރޭޓަރުތަކާއި ފެންޕްލާންޓާއި މިފަދަ އެހެންވެސް ތަކެތީގެ ހާލަތު ދުވަހުން ދުވަހަށް ބަލާ، ކޮންމެ ދުވަހަކު އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީއިން ފޯރުކޯށްދޭ ފޯމެޓުގައި މިނިސްޓްރީއަށް ރިޕޯޓެއް ފޮނުވަން ވާނެއެވެ.
- ގއ. މާނާގަލާގައި ހުރި ރުއްގަހާއި ޖެޓީއާއި މިފަދަ އެހެންވެސް ތަކެތީގެ ހާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ބަލާ، ކޮންމެ ދުވަހަކު އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީއިން ފޯރުކޯށްދޭ ފޯމެޓުގައި މިނިސްޓްރީއަށް ރިޕޯޓެއް ފޮނުވަން ވާނެއެވެ.
- ގއ. މާނާގަލާގައި ހުރި ތަކެތީގެ ހާލަތު ކަށަވަރުކުރުމަށް މިނިސްޓްރީއިން އަންގާ ގޮތެއްގެ މަތިން ފޮޓޯނަގާ މިނިސްޓްރީއިން ފޯރުކޯށްދޭ ފޯމެޓުގައި މިނިސްޓްރީއަށް ރިޕޯޓެއް ފޮނުވަން ވާނެއެވެ.
- ގއ. މާނާގަލާގެ ރަށުތެރެ ސާފުކޮށް ރީތިކޮށް ބެލެހެއްޓުން. އަދި އުފެދޭކުނި ވެމްކޯގެ އުސޫލުގެ ތެރެއިން އުކާލުން.
- އެމަހެއްގެ މަސައްކަތަށް އިންވޮއިސް ކުރާއިރު، މިނިސްޓްރީއަށް ލިބެންޖެހޭ ރިޕޯޓެއް މަދުވާނަމަ އެއިންވޮއިސްއަށް ފައިސާ ދެއްކޭނީ މަދުވާ ހުރިހާ ރިޕޯޓެއް ހަމަވުމުންނެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތާއި މިނިސްޓްރީއާއި ދެމެދު މިކަމުގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ.
ޕޮއިންޓް ދިނުމުގެ އުސޫލު:
މަސައްކަތުގެ އަގަށް |
ތަޖުރިބާއަށް |
60 ޕޮއިންޓް |
40 ޕޮއިންޓް |
މަސައްކަތުގެ އަގަށް 60 (ފަސްދޮޅަސް) ޕޮއިންޓް: |
މަސައްކަތުގެ އަގަށް ޕޮއިންޓްދިނުމުގައި ބެލޭނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓްލިބޭ އުޞޫލަކުންނެވެ. އަގު (އެންމެންގެ ތެރެއިން ހުށަހެޅި އެންމެ ހެޔޮ އަގު / ހުށަހެޅި ފަރާތުގެ އަގު × 60 )
|
ތަޖުރިބާއަށް 40 (ސާޅީސް) ޕޮއިންޓް |
ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މަސައްކަތް ކޮށްފައިވާ ތަންތަނުން ދީފައިވާ ރަސްމީ ލިޔުންތަކަށް ބަލައިގެންނެވެ. އެގޮތުން އެލިޔުމަކީ މަސައްކަތް ނިންމި ކަމުގެ ލިޔުމަކަށް ވާންވާނެއެވެ. އަދި އެ ލިޔުމުގައި ކުރި މަސައްކަތާއި އަދި މަސައްކަތުގެ މުޅި ޖުމްލަ އަގު އެނގެން އޮންނަންވާނެއެވެ. އަދި އެފަދަ ލިޔުމެއް ވާންވާނީ މި އިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތާއި ގުޅުންހުރި ލިޔުމަކަށެވެ. އަދި ގިނަވެގެން ބަލާނީ ފާއިތުވި 5 އަހަރުގެ މަސައްކަތަށެވެ. ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދޭނީ އަންނަނިވި ގޮތަށެވެ. ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ މުއްދަތަށް 40 (ސާޅީސް) ޕޮއިންޓް (ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ތަޖުރިބާގެ މުއްދަތު / އެންމެ ގިނަމުއްދަތުގެ ގޮތުގައި ހުށަހަޅާފައިވާ މުއްދަތު × 40) ނޯޓް: ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް ކޮށްފައިވާ މުއްދަތު މީލާދީ މަހުން ގުނޭގޮތަށެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް:
# |
ލިޔުން |
01 |
މިމަސައްކަތަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ. |
02 |
ލިބިފައިވާ ތަޖުރިބާގެ ލިޔުން، ތާރީޚާއި އެކު އެނގޭނެގޮތަށް. |
03 |
މިމަސައްކަތަށް ހުށަހަޅާ އަގު (ކޯޓޭޝަން)، ކޮންމެ މީލާދީ މަހަކަށް ޖެހޭވަރު. |
04 |
ކޯޓޭޝަން (ޚިދުމަތް ނުވަތަ ތަކެތީގެ އަގު، ޖީ.އެސް.ޓީ އަދި ޖުމްލަ އަގު އެނގެން އޮތުމާއިއެކު ކޯޓޭޝަންގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.) |
05 |
ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީ ހިއްސާދާރުން/ޕާޓްނަރުންގެ ލިސްޓުގެ ކޮޕީއާއެކު / އަމިއްލަ ފަރާތްތަކުން ކޯޓޭޝަން ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ |
06 |
އެސް.އެމް.އީ ރަޖިސްޓްރީ ކުރިކަމުގެ ލިޔުމުގެ ކޮޕީ (އެފަދަ ވިޔަފާރިއެއް ނަމަ) |
07 |
ވިޔަފާރީގެ ޕްރޮފައިލް (ވިޔަފާރިއެއް ނަމަ) |
08 |
ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކުރަންޖެހޭ ނަމަ) |
09 |
ޓެކްސް ކްލިއަރެންސް ރިޕޯޓުގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ) - ކޯޓޭޝަން ކާމިޔާބުވާ ފަރާތުން (ވިޔަފާރިއެއް ނަމަ) |
އިތުރު މައުލޫމާތު އަދި މަސައްކަތަށް ކުރިމަތިލުން:
- މަޢުލޫމާތު ސާފުކުރުމަށްޓަކައި 9 ސެޕްޓެންބަރު 2021 ބުދަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ([email protected]) އަށް އީމެއިލްކޮށްގެން ނުވަތަ (3322328) ނަންބަރަށް ގުޅައިގެން ނުވަތަ އެސް.އެފް.އާރް.ޑީ.ޕީ، ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ވަޑައިގެން ކުރިއަށް ގެންދިޔުން.
- ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ސެޕްޓެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ (ހ.ވައިޓުވޭވްސް މޫންލައިޓް ހިނގުން) އިމާރާތުގައި ހުންނަ ސަސްޓޭނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ (އެސް.އެފް.އާރް.ޑީ.ޕީގެ) ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ކޯޓޭޝަން ހުށަހެޅުމަށް އެދި ދެންނެވީމެވެ.