ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ އިޖުތިމާއީ މަރުކަޒަށް މުވައްޒަފަކު ނެގުމާބެހޭ

މަޤާމް :އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ގއ. ދާންދޫ އިޖުތިމާޢީ މަރުކަޒުން ހުސްވެފައިވާ ނޮން ސިވިލް، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް 12 މަސްދުވަހުގެ މުއްދަތަށް، މީހަކު ބޭނުންވެއްޖެއެވެ.

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

1

މުސާރަ:

މަހަކު -/3565 ރުފިޔާ

އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރޭންކް: GS3

މަސައްކަތް ކުރަންޖެހޭ ތަން:

ދާންދޫ އިޖުތިމާޢީ މަރުކަޒު / ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

01.ދާންދޫ އިޖުތިމާޢީ މަރުކަޒުގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި، ޔޫތު އެސޯސިއޭޓަށާއި، ކައުންސިލަށާއި ކައުންސިލް ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

02.އިޖުތިމާޢީ މަރުކަޒު ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ޔޫތް އެސޯސިއޭޓް ކަނޑައަޅުއްވާ ކުޅިވަރު ޕްރޮގްރާމްތައް ހިންގުމުގައި އިސްވެ ހަރަކާތްތެރިވުމާއި، އަދި ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ޔޫތް އެސޯސިއޭޓްގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

03.އިޖުތިމާޢީ މަރުކަޒާއި އަދި މަރުކަޒުގެ އެތެރެއާއި ބޭރު ގޯތިތެރެ އަދި ކުޅިވަރު ދަނޑުތައް މަސައްކަތު މުވައްޒަފު ލައްވާ ސާފުތާހިރުކޮށް ބެލެހެއްޓުން.

04.އިޖުތިމާޢީ މަރުކަޒަށް ޙާޟިރުވެ ސޮއިކުރުންފަދަ ހުރިހާކަމެއްގައި އަމިއްލަ މަސްއޫލިއްޔަތު އުފުލުމާއި އެކު ޔޫތް އެސޯސިއޭޓަށް އެއްބާރުލުން ދިނުން.

05.އިޖުތިމާޢީ މަރުކަޒުން ހޯދަންޖެހޭ ތަކެތި ހޯދުމުގައި ޔޫތް އެސޯސިއޭޓްގެ އިރުޝާދާ އެއްގޮތްވާގޮތުގެ މަތީން ހޯދަންޖެހޭ ކޯޓޭޝަންއާއި އެކި ތަންތަނަށް ގެންގޮސް ގެންނަންޖެހޭ ލިޔެކިއުމާއި ސާމާނު ގެނެސްގެންދިއުމާއި އަދި އެފަދަކަންކަމުގައި ޔޫތް އެސޯސިއޭޓަށް އެއްބާރުލުން ދިނުން.

06.އިޖުތިމާއީ މަރުކަޒުން ދެވޭ ޚިދުމަތް ދެމުންދާ ހުރިހާ ވަގުތެއްގައިވެސް މަރުކަޒުގެ ތަކެއްޗާއި ތަނުގެ ސަލާމަތްތެރިކަމަށް ސަމާލުކަންދިނުމާއި، މަރުކަޒުގެ އެއްވެސް އޭރިޔާއެއްގައި ހަމަނުޖެހުން އުފެދޭނޭ އެއްވެސް ކަމެއް ހިނގިޔަ ނުދިނުމާއި މަރުކަޒުގެ އޭރިޔާތަކުގައި ޤާނޫނާ ޤަވާޢިދާ ޚިލާފު އެއްވެސް ކަމެއް ހިނގިޔަ ނުދިނުމަށް މަސައްކަތް ކުރުން.

 07.އިޖުތިމާޢީ މަރުކަޒުން ހިންގާ ޕްރޮގްރާމްތަކުގައި ޔޫތް އެސޯސިއޭޓަށް ދޭންޖެހޭ އެހީތެރިކަން  ފޯރުކޮށްދިނުމާއެކު، ޕްރޮގްރާމްތައް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.

ޝަރުތު:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ޙާސިލުކޮށްފައިވުން.

ނުވަތަ

  1. ސާނަވީ ނުވަތަ އެއާއި އެންފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެންކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެންކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެދި ހުށަހެޅުން / ސުންގަޑި:

މި ވަޒީފާ  ޝައުގުވެރިވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ކަމުގެ ސިޓީ، ވަނަވަރު އަދި އައިޑީ ކާޑުގެ ކޮޕީ އަކާއިއެކު 15 ސެޕްޓެމްބަރ 2021 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމަށް.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުއަށް.
  4. މަސައްކަތު ދާއިރާއިން ދެވޭ އިމްތިޙާނު

އިންޓަވިއު އޮންނަތާރީޚް:

17 ސެޕްޓެމްބަރ 2021 އިން 19 ސެޕްޓެމްބަރ 2021 އާއި ދެމެދު، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާގައި އިންޓަވިއު އޮންނާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އިންޓަވިއުއަށް ހޮވޭ  ފަރާތްތަކަށް އިންޓަވިއު އޮންނަ ދުވަސް ލިއުމުން އެންގޭނެއެވެ.

އިތުރު މާޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6820026 ނަންބަރު ފޯނާއެވެ.

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

06 ސެޕްޓެންބަރު 2021
ހޯދާ