Maldives
އިޢުލަން ނަމްބަރު: (IUL)PSM-FP/PSM/2021/165
އިޢުލާން
· ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- ޕަބްލިކް ސާރވީސް މީޑިއާގެ ބޭނުމަށް، ތިރީގައިވާ ތާވަލުގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
|
ޕްރޮޖެކްޓް ނަންބަރ |
މަސައްކަތުގެ ނަން |
ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން (ނުވަތަ އެއާއެއްވަރުގެ ޢަދަދެއް ޔޫއެސް ޑޮލަރ އިން) |
|
PSM/2021/PJT-01 |
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ޓީވީ މޯލްޑިވެސްގެ ގޯތީ ތެރޭގައި 15 ބުރީގެ މީޑިއާ ޢިމާރާތެއް އެޅުމުގެ މަސައްކަތް |
100,000.00 |
2- މިމަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3- މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޤަވާޢިދު "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގައި ވާގޮތުގެމަތީން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ރާއްޖެއިން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގައި ބަޔާންކުރާގޮތަށް މިމަރުހަލާގައި ރަޖިސްޓްރީވާކަށް ނުޖެހޭނެއެވެ. ނަމަވެސް ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅާންވާނެއެވެ. އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" އާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަ ކުރަންޖެހޭކަންކަން ފުރިހަމަވާނެކަން ކަށަވަރުކޮށް ބިޑް ހުށަހެޅުމުގެ ކުރިން އެކަންކަން ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
4- މި ބީލަމެއްގައި ބައިވެރިވުމަށް 1,500.00ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް.ޑޮލަރ) ގެ ނޮން - ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 7 ސެޕްޓެމްބަރ 2021 އިން 16 ސެޕްޓެމްބަރ 2021 އަށް އޮންލައިން / ބޭންކް ޓްރާންސްފާރ މެދުވެރޮކޮށް ތިރީގައިވާ މި ކުންފުނީގެ އެކައުންޓަށެވެ.
|
Account Name |
Public Service Media |
|
MVR Account Number |
7701 700491 001 |
|
USD Account Number |
7701 700491 002 |
|
Bank Name |
Bank of Maldives Plc. |
|
Swift Code |
MALBMVMV |
|
Bank Address |
Bank of Maldives Bldg, 11 Boduthakurufaanu Magu, Henveiru, Male’, Rep of Maldives
|
އަދި ފައިސާ ދެއްކުމަށްފަހު، ތިރީގައިވާ މަޢުލޫމާތު 9 (ނުވައެއް) ވަނަ މާއްދާގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
§ ބީލަމަށް ރަޖިސްޓްރީ ވުމަށް އެދޭފަރާތުގެ ނަމާއި އެޑްރެސް
§ ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި
§ ފައިސާދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.
5- މި ބީލަމާއި ބެހޭ އެންމެހައި ލިޔެކިއުންތައް، ސޮފްޓްކޮޕީ ފޯރމެޓްގައި މިކުންފުނީގެ ވެބްސައިޓުން 06 ސެޕްޓެމްބަރ 2021 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއިބެހޭ އެންމެހައި މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރުމަތިލާ ފަރާތުގެ ޒިންމާއެކެވެ.
6- މިޕްރޮޖެކްޓްގެ ބިޑްސެކިއުރިޓީ މިއިޢުލާންގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަ ޢަދަދަށް ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 (ސަތޭކަ ސާޅީސް އަށެއް) ދުވަހެވެ.
7- މިޕްރޮޖެކްޓްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ (9 ވަނަ މާއްދާގައި ބަޔާންކުރާ) އީމެއިލް އެޑްރެހަށެވެ.
8- ބީލަން ހުޅުވުން އޮންނާނީ 06 އޮކްޓޯބަރު 2021 ވާ ބުދަ ދުވަހުގެ 14:00 ގައި މިކުންފުނީގެ ޖަލްސާކުރާ މާލަމް، ރޭޑިއޯ މާލަމުގައެވެ ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
9- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ޕަބްލިކް ސާރވީސް މީޑިއާ، ރޭޑިއޯ ބިލްޑިންގ
އަމީނީމަގު، މާލެ،ދިވެހިރާއްޖެ
ފޯން: +960 3000369 ,+960 3000377
އީމެއިލް: [email protected]
ކޮޕީ: [email protected]
29 މުޙައްރަމް 1443
06 ސެޕްޓެމްބަރ 2021
