މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަހަރާ ނޮޅާސާފުކުރާނޭ މުވައްޒިފުން ހޯދުން

                         މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިރަށު ސަހަރާ އެތެރެ އާއި ބޭރު އަދި މަގު ގޯޅިތައް ސާފު ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ.

ސަހަރާ މަސައްކަތު މަޤާމާއި ބެހޭ މައުލޫމާތު:

މަޤާމް:ސަހަރާ މަސައްކަތު

ބޭނުންވާއަދަދު:02 (ދޭއް)

ގިންތި : ވަގުތީ

މުއްދަތު : މަސައްކަތް ހަވާލު ކުރާ ދުވަހުންފެށިގެން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް

މުސާރަ : ސަހަރާ -/1800 ރުފިޔާ

 

މަޤާމްގެ މައްސޫލިއްޔަތު:

- ސަހަރާ އެތެރެ އާއި ބޭރު ނޮޅާ ސާފު ކުރުން

- މީހަކު ނިޔާ ވެއްޖެ ހިނދެއްގައި މައްޔިތާ ވަޅުލުމުގެ އިންތިޒާމް ސަހަރާ ތެރޭން ހަމަ ޖެއްސުމުގައި އެހީވުން

- ސަހަރާ ތެރޭގައިވާ މަހާނަތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން

-  ސަހަރާތެރޭ ގައިވާ ގަސްތައް ކޮށާ ބެލެހެއްޓުން

 

މަޤާމަށް ކުރިމަތިލާ ފަރާތް ތަކުގެ ހުންނަން ވާނޭ ސަރުތުތަށް:

  • އުމުރުން 18 އަހަރާ 55 އަހަރާދެމެދު  މީހެއްކަމުގައި ވުން.
  • ރަނގަޅު ސިއްހަތެއްގައި ހުރި ފަރާތެއް ކަމުގައި ވުން
  • ލިޔަން ކިޔަން ދަންނަ މީހެއް ކަމުގައި ވުން
  • މުސާރަ ދިނުމުގައި ބަލާނީ މުވައްޒަފު ޙާސިރުވާ ދުވަހަށެވެ. އެގޮތުން މަސައްކަތު ނުކުންނަ  ކޮންމެ މަހަކަށް -/1800 ރުފިޔާގެ މަގުން ދުވާލަކަށް ޖޭހޭ މިންވަރަށް ބަލައިގެންނެވެ.

 

މަގާމްގެ މުސާރަ:

 

މުވައްޒިފައް ހައްގުވާ ޗުއްޓީ:

  • ސިވިލް ސަރވިސް ޤަވައިދާއި އުސޫލުގެ މަތިން ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީ ލިބޭނެއެވެ.

 

 

މަޤާމަށް އެންމެ ޤާބިލް ފާރާތެއް ހޮވުމުގައި ބަލާނެ ކަންކަން:

މިމަޤާމުގެ އެންމެ ޤާބިލް ފަރާތެއްހޯދުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ސަރުތުހަމަ ވުމާއިއެކު ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ކައުންސިލްގެ ފަރާތުން ދެވޭ އިންޓަވިއުގެ މާކުސް ބެލެވޭނެއެވެ. އަދި މިފަދަމަސައްކަތް ކޮށްފައިވާކަން އަންގައިދޭ ތަޖުރިބާގެ ލިއުންތަކަށް މާކްސް ދެވޭނެއެވެ.

 

 

މަޤާމަށް އެދި ފޯމް ހުށައެޅުމުގެ ސުންގަޑި

މިމަޤާމަށް އެދި ފޯމް ހުށައެޅުމުގެ ސުންގަޑި އަކީ 07 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 10:00 އެވެ. މަޤާމަށް އެދޭފޯމް ކޮންމެ ރަސްމީ ދުވަހެއްގެ 09:00 އިން 13:00 އާއި ދެމެދު ނޫމަރާކައުންސިލް އިދާރާ އިން ލިބެންހުންނާނެއެވެ. ފޯމްތަށް ހުށައަޅާ ނިމުމުން އެކުލަވާލެވޭ އިންޓަވިއުޕެނަލް އިން ހުރިހާ ފޯމްތަކެއް ސޯޓްލިސްޓްކުރުމަށް ފަހު ސަރުތު ހަމަ ނުވާ ޝައްޙަ ނޫން ފޯމްތަށް ބާތިލް ކުރެވޭނެއެވެ. އެގޮތުން ސޯޓްލިސްޓް ކުރުމަށްފަހު ސައްޙަ ފޯމް ހުށައަޅާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބާއްވާނެ ތާރީހެއް އެފަރާތްތަކަށް އެންގޭނެއެވެ.

 

ފޯމާއި އެކު ހުށައަޅަންޖެހޭ ތަކެތި:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ.
  • މުވައްޒަފުން ވަޒީފާ އަށް ވަނުމަށް އެދޭ ފޯމް
  • ލިބިފައިވާ ތައުލީމީ ސެޓް ފިކެޓް ތަކުގެ ކޮޕީ (އެޓެސްޓް ކޮއްފައި)
  • ލިބިފައިވާ ތަޖުރިބާގެ ލިއުންތައް
30 އޮގަސްޓް 2021
ހޯދާ