ދިވެހިރާއްޖެ
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ އާއި ސޮސައިޓީގެ ދަށުން ހިނގަމުންދާ ކުންފުނިތަކުގެ ވެލުއޭޝަން އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ (34/2021) ގެ 121 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތަށް ފުލުހުންގެ ތެރޭގައި ހިންގަމުންއަންނަ ކޯޕަރޭޓިވްސްތައް އަލުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭތީ، ދެންނެވުނު ކޯޕަރޭޓިވް ސޮސައިޓީއާއި ސޮސައިޓީގެ ދަށުން ހިނގަމުންދާ ކުންފުނިތަކުގެ ވެލުއޭޝަން އޮޑިޓެއް ކުރުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ސޮސައިޓީއަށް ސިޓީ އަދި ޕްރޮޕޯޒަލް ހުށަހެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ނަންބަރ 3345053 ނުވަތަ 7791323 ގުޅުއްވުމަށް ދެންނެވީމެވެ. ސިޓީ އަދި ޕްރޮޕޯޒަލް އީމެއިލް ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
30 އޮގަސްޓް 2021