ދިވެހިރާއްޖެ
(IUL)38-AD/38/2021/692:ނަންބަރު
އިޢުލާނު
ހެވީ ޑިއުޓީ ޝްރެޑަރ އެއް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން
މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހެވީ ޑިއުޓީ ޝްރެޑަރއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:IUL]38-AD/38/2021/682] (12 އޮގަސްޓް 2021) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، މި އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށް އެ ޚިދުމަތް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021 ސެޕްޓެމްބަރ 07 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
ބީލަން ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރ 08 ވާ ބުދަ ދުވަހުގެ 12:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
