މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގައި އަލަށްހުޅުވާ ޕްރީސްކޫލަށް ބޭނުންވާ ފަރުނީޗަރު ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މުޙައްމަދު ޤާސިމް ޕްރީސްކޫލަށް ބޭނުންވާ ފަރުނީޗަރު ގަތުމަށް ކުރެވުނު ނަންބަރު: IUL)22-PU/22/2021/122) އިޢުލާނާއި ގުޅިގެން ލޮޓް 5 ގައިވާ 20 ވޯރކް ސްޓޭޝަނަށް ހުށަހަޅާފައިވާ އަންދާސީ ހިސާބު ބޮޑުކަމަށް ފެންނާތީ އަލުން ލޮޓް 5 ގައިވާ 20 ވޯރކް ސްޓޭޝަނަށް ގަތުމަށް އިޢުލާން ކުރީމެވެ.

2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 އޮގަސްޓް 29 ން 2021 ސެޕްޓެންބަރު 02 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

  "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.moe.gov.mv

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ސެޕްޓެންބަރު 05 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރު 07 ވަނަ ދުވަހުގެ 11:00 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 3 ގައެވެ. 

5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

6. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޕްރޮކިއުމަންޓް ސެކްޝަން

  މިނިސްޓްރީ އޮފް އެޑިޔުކޭޝަން

  ވެލާނާގެ، 8 ވަނަ ފަންގިފިލާ

  އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

  ފޯން:  9997721

  އީ-މެއިލް: [email protected]

  ކޮޕީ-މެއިލް: [email protected]

29 އޮގަސްޓް 2021
ހޯދާ