މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން

މަޤާމު

ކައުންސެލަރ

މަޤާމުގެ ނަންބަރު

J-341055

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން/ ސެކްޝަން

ލައިފް ސްޓައިލް ޑިސީސެސް ސެކްޝަން، ސައިކޯސޯޝަލް ސަޕޯޓް ސަރވިސަސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

ދަމަނަ ވެށި، ކ.މާލެ

މުސާރަ

-/6295 ރުފިޔާ    

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ކައުންސެލިންގ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ސައިކޯސޯޝަލް ސަޕޯޓް ސަރވިސް ޔުނިޓުގެ މަސައްކަތްތައް ރާވާ ހިންގުން. އަދި ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި އެ މުވައްޒަފުންގެ އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން
  2. ދަމަނަވެއްޓަށް ކައުންސެލިން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ކައުންސެލިން ޚިދުމަތް ފޯރުކޮށްދިނުން އަދި މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކަށް އަންނަ ފަރާތްތަކާއި، ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކަށް އަންނަފަރާތްތަކާއި، ފުރާވަރު އުމުރުފުރައިގެ ކުދިންގެ ކްލިނިކަށް އަންނަ ފަރާތްތަކާއި، ސެކްޝުއަލް ރިޕޮޑަކްޓިވް ހެލްތް ކްލިނިކަށް އަންނަ ފަރާތްތަކަށް ބޭނުންވާ ކައުންސެލިން އެހީތެރިކަން ފޯރުކޮށްދިނުން. އަދި ގުޅުން ހުރި މަޢުލޫމާތު (ސްޓެޓިސްޓިކްސް ނުވަތަ ކައުންސެލަރުގެ އޮބްޒަވޭޝަން) ކްލިނިކްތަކާއި ޤަވާއިދުން ހިއްސާކުރުން. މީގެ އިތުރުން އެހެން މުއައްސަސާތަކުން ކައުންސެލިންއަށް ރިފަރކުރާ ކޭސްތައް ބަލައި ކައުންސެލިން ސެޝަން ހަމަޖެއްސުން.
  3. ކައުންސެލިން ޚިދުމަތް ފޯރުކޮށްދިނުމުގައި އެޕޮއިންޓްމެންޓް ހެއްދުމާއި ގަޑިހަމަޖެއްސުމުގެ ނިޒާމް ތަންފީޒުކުރުމުގައި އިދާރީ މުވައްޒަފުންގެ އެހީތެރިކަން ހޯދުން. އަދި ކައުންސެލިން ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ގަޑިތައް ހަމަޖައްސާނޭ ގޮތުގެ އުސޫލާއި އެއްގޮތަށް އަމަލުކޮށް އެ އުސޫލު އާއްމުކޮށް އިޢުލާން ކޮށްފައި ބެހެއްޓުމާއި އަންނަ ބަދަލުތައް އަދާހަމަކުރުން
  4. ޚިދުމަތް ހޯދާ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމާއި ރަނގަޅު ހެޔޮ ގުޅުމެޢް ޤާއިމްކުރުން. އަދި ޚިދުމަތްހޯދާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުން
  5. ކައުންސެލިންނާއި އިތުރު އެހީތެރިކަން ފޯރުކޮށްދެވޭ ފަރާތްތަކުގެ ރެކޯޑުތައް ޤަވައިދުން ބަލަހައްޓަމުން ގެންދިއުން. އަދި ރިޕޯރޓްތައް ފޮނުވަންޖެހޭ މުއްދަތަށް ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވުން.
  6. ކައުންސެލިން ކޭސްތަކުގެ ކޭސް ސްޓަޑީ ހެދުން. އަދި .ކައުންސެލިން ދިނުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވޭ ކަންތައްތަކުގެ މައްޗަށް ޕްރޮގްރާމްތައް ރާވާ ހިންގުން
  7. ކައުންސެލިން ދެމުން އަންނަ ކްލައިންޓުންނަށް އަންނަ ބަދަލުތައް ދެނެގަތުމާއި ބެހޭ އިމްޕެކްޓް އެސެސްމަންޓް ކޮންމެ 6 މަހަކުން ނެރެ އެކަން ދަމަނަ ވެށީގެ އެގްޒެކެޓިވް ކޮމިޓީއަށް ހުށައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ދަމަނަ ވެށީގައިކުރެވޭ އެކިއެކި މަސައްކަތަކާއި ހެލްތް ޕްރޮމޯޝަން އެކްޓިވިޓީތަކުގައި އެހެން މުވައްޒަފުންނަށް އެއްބާރުލުންދީ ޢަމަލީ ގޮތުން ބައިވެރިވުން. އަދި ފާހަގަކުރާ މުޙިއްމު އެކި މުނާސަބަތުތަކާއި ގުޅޭގޮތުން ތަން ޒީނަތްތެރި ކުރުމާއި ތަން ތައްޔާރުކުން/ ނުވަތަ އެފަދަ އިވެންޓްތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ބޭނުންވާތަކެތި ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  9. ދަމަނަ ވެށިން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް ގަދަ އަޅައި މަސައްކަތް ކުރުން. މީގެ އިތުރުން ވެސް އިދާރާގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުން ހުރި އޮފީހުގެ އެހެނިހެން މަސައްކަތްތައް ކުރުން

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ކައުންސެލިންގ

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  •  ކައުންސެލިންގ

ގުޅޭ ވަޒީފާގެ ދާއިރާ

  •   ކައުންސެލިންގ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

  • އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 02 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު،  އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަދި އޮންނާނީ، 2021 ސެޕްޓެންބަރު މިނިސްޓްރ އޮފް ހެލްތުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު، އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected]   އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014423 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/recruitment-usoolu އިން ލިބެން ހުންނާނެއެވެ.

26 އޮގަސްޓް 2021
ހޯދާ