ދިވެހިރާއްޖެ
އެސް.ޓީ.އޯ ހއ. ހޯރަފުށި ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން އައިޓަމްސް، އަމިއްލަ ވެހިކަލް އާއި މީހުން ބޭނުން ކޮށްގެން ހއ. ހޯރަފުށީގައި މުދާ 1 އަހަރު ދުވަހައް ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2021 ސެޕްޓެމްބަރ 01 ވަނަ ދުވަހު 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2021 ސެޕްޓެމްބަރ 01 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2021 ސެޕްޓެމްބަރ 02 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހއ.ހޯރަފުށި ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2021 ސެޕްޓެމްބަރ 05 ވަނަ ދުވަހުގެ 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2021 ސެޕްޓެމްބަރ 06 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރ 09 ވަނަ ދުވަހު 1100 ގެ ކުރިން، [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3344262,3012656
އީމެއިލް: [email protected]