ދިވެހިރާއްޖެ
ކަސްޓަމްސް ބިލްޑިންގގެ 8 ވަނަ ފަންގިފިލާގެ އައުޓްޑޯރ އޭރިޔާ ޑިޒައިންކޮށް ހިޔާކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން މި މަސައްކަތުގެ ތަފްޞީލު ދިނުމަށް ބާއްވާ ބައްދަލުވުމުގެ މައުލޫމާތު ތިރީގައިއެވަނީއެވެ.
ތާރީޚް: 02 ސެޕްޓެމްބަރު 2021
ގަޑި: 10:00 (ހެނދުނު)
ތަން: ކަސްޓަމްސް ބިލްޑިންގ 7 ވަނަ ފަންގިފިލާ
މިމަސައްކަތުގެ ބީލަމުގައި ރަޖިސްޓްރީވުމަށް މިސޮސައިޓީގެ އީމެއިލް އެޑްރެސް ([email protected]) އަށް ވާ 01 ސެޕްޓެމްބަރު 2021 އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރި ވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ފޮނުވާ ފަރާތްތަކަށް ނުވަތަ މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ އަޙުމަދު ޝަފީގު (ފޯނު:7788809) އާއެވެ.