ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓްގައި، އެމްބިއެންޓް ސެންޓިންގްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓްގައި، އެމްބިއެންޓް ސެންޓިންގްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު 60-PRO/2021/184، އަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ އަލުން އިއުލާން ކުރަމެވެ. އަދި، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:    ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2021 ސެޕްޓެމްބަރ 01 ވަނަ ދުވަހު 1400 ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ. 

އީމެއިލް އެޑްރެސް: [email protected]

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2021 ސެޕްޓެމްބަރ 01 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން:     ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2021 ސެޕްޓެމްބަރ 02 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހޯމް އިމްޕްރޫވްމެންޓްގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:     ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2021 ސެޕްޓެމްބަރ 05 ވަނަ ދުވަހުގެ 1400 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2021 ސެޕްޓެމްބަރ 06 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:  ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރ 09 ވަނަ ދުވަހު 1400 ގެ ކުރިން، [email protected]އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344262, 3012566

އީމެއިލް: [email protected]

 

25 އޮގަސްޓް 2021
ހޯދާ