ދިވެހިރާއްޖެ
މަގާމު: |
ކޮންސަލްޓަންޓް – ޕޮލިސީ އެންޑް އައުޓްރީޗް |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަގާމުގެ ގިންތި: |
ވަގުތީ (02 އަހަރު ދުވަހުގެ މުއްދަތަށް) |
ވަޒީފާ އަދާކުރަންޖެހޭތަން: |
އެންޓި-ޓްރެފެކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް / މިނިސްޓްރީ އޮފް ޑިފެންސް، މާލެ. |
މުސާރަ: |
މަހަކު 15,000.00 ރުފިޔާ |
ލިވިންގ އެލަވަންސް: |
މަހަކު 5,000.00 ރުފިޔާ |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއި މެންބަރުން ތަމްސީލުކުރައްވާ މުއައްސަސާތަކާއެކު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދިނުން. 2- ސްޓިއަރިންގ ކޮމިޓީއާގުޅިގެން މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި ބޭރުގެ ފަރާތްތަކާއެކު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގައި ވިލަރެސްކުރަންޖެހޭ މަސައްކަތްތައް ކޮށްދިނުން. 3- ނެޝަނަލް އެންޓި-ހިއުމަންޓްރެފިކިންގ އެކްޝަންޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި ފަންނީ ގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކޮށްދިނުން. |
މަގާމުގެ ޝަރުތުތައް: |
1- ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މާކެޓިން/ ހިއުމަންރިސޯސް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ ސޯޝަލް ސައެންސް/ ކްރިމިނަލް ޖަސްޓިސް/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީ/ ސައިކޮލޮޖީ/ ހިއުމަނިޓީޒް ނުވަތަ ޕަބްލިކްޕޮލިސީއާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ދިވެހި ބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަ ދައްކައި، ލިޔެ ޓައިޕްކުރަން އެނގުން. |
ހުށަހަޅަންޖެހޭ ލިޔުންތަކާއި މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
1- ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، 2- ވަޒީފާއަށްއެދި ހުށަހަޅުއްވާނީ ސިޓީއަކުން އީ-މެއިލް މެދުވެރިކޮށެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. 3- ވަޒީފާއަށްއެދި ހުށަހަޅުއްވާ ސިޓީއާއި ލިޔެކިއުންތައް ހުށަހަޅުއްވާނީ 2021 އޮގަސްޓު 30 ވާ ހޯމަ ދުވަހު 14.00 ގެ ކުރިން މި މިނިސްޓްރީއަށެވެ. އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެވޭނެއެވެ. |
އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު: |
މި މަގާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ބާއްވާނެ ދުވަހާއި ތަން 48 ގަޑިއިރު ކުރިން އެފަރާތަށް އެންގޭނެއެވެ. |
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އެވެ. |