ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
"އެއަރޕޯޓް ޕެރިމީޓަރ ސެކިއުރިޓީ އިންފްރާސްޓްރަކްޗަރ" ފަރުމާކޮށް، ސަޕުލައިކޮށް، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ "އެއަރޕޯޓް ޕެރިމީޓަރ ސެކިޔުރިޓީ އިންފްރާސްޓްރަކްޗަރ" މި ކުންފުނިންދޭ މިންގަނޑުތަކާއި/ކުރެހުމާއި އަދި 'ނެޝެނަލް ސެކިއުރިޓީ ޕްލޭން' އާއި އެއްގޮތްވާ ގޮތުގެމަތިން ފަރުމާކޮށް، ސަޕުލައިކޮށް، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: 116.1F3/IL/2021/44 އިއުލާން ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި އެއަރޕޯޓުވަށާ ފެންސުޖެހުން (ކަނޑު އަދި ބިންހިމެނޭގޮތަށް)، ނަންބޯޑުތައް ހެދުމާއި ހަރުކުރުން، ލައިޓު އަދި ސީސީޓީވީ ހަރުކުރުންފަދަ މަސައްކަތްތައް ހިމެނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ސެޕްޓެންބަރު 2 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2021 ސެޕްޓެންބަރު 20 ވާ ހޯމަދުވަހުގެ ހެދުނު 11:30 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 ސެޕްޓެންބަރު 20 ވާ ހޯމަދުވަހުގެ ހެދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.