ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓުގައި ބޭނުންކުރި ތިރީގައި މި ދަންނަވާ އުޅަނދުތައް ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
| 
 ނީލަން ނަންބަރު:  | 
 އުޅަނދުގެ ބާވަތް:  | 
 އިންޖީނުގެ އަދަދު:  | 
 އިންޖީނުގެ ބާވަތް:  | 
 އުޅަނދުގެ ދިގުމިން:  | 
 އުޅަނދުގެ ފުޅާމިން:  | 
 އުޅަނދުގެ ފުންމިން:  | 
 ޓަނޭޖް:  | 
 ނީލަން ފެށޭ އަގު:  | 
| 
 1  | 
 ދޯނި  | 
 1 އިންބޯޑް  | 
 ޔަންމަރ 4CH (ޑީސަލް)  | 
 14.15 މީޓަރ  | 
 4.74 މީޓަރ  | 
 1.65 މީޓަރ  | 
 8.16  | 
 250,000.00ރ. (ދެލައްކަ ފަންސާސްހާސް ރުފިޔާ)  | 
| 
 2  | 
 ދޯނި  | 
 1 އިންބޯޑް  | 
 ޔަންމަރ 3TM (ޑީސަލް)  | 
 12.80 މީޓަރ  | 
 3.68 މީޓަރ  | 
 1.48 މީޓަރ  | 
 6.29  | 
 100,000.00ރ. (އެއްލައްކަ ރުފިޔާ)  | 
| 
 3  | 
 ލާންޗް  | 
 2 އިންބޯޑް  | 
 ޕާކިންސް ސޭބާ (ޑީސަލް) 215 ހޯސްޕަވަރ  | 
 9 މީޓަރ  | 
 3 މީޓަރ  | 
 1.8 މީޓަރ  | 
 3.94  | 
 500,000.00ރ. (ފަސްލައްކަ ރުފިޔާ)  | 
މިތަކެއްޗަށް އަގު ހުށަހަޅުއްވާނީ ކައްދޫ އެއަރޕޯޓް އޮފީހަށެވެ. ހުށަހެޅިފައިވާ އަގަށް މަދުވެގެން އިތުރުކުރެވޭނީ 5,000.00 (ފަސްހާސް ރުފިޔާ) އެވެ. ނީލަމުގެ އަގު އެކަށީގެންވާ ހިސާބަށް އެރުމަށްފަހު ވިދިވިދިގެން 3 (ތިނެއް) ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގު ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އަގު ހުށަހަޅުއްވާއިރު ނީލަން ނަންބަރާއި ހުށަހަޅުއްވާ އަގު ސާފުކޮށް އެނގެން އޮންނަންވާނެއެވެ.
2 ރަޖަބު 1434
