މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

1 ވަނަ އިޢުލާން

ވިލިމާލޭގައި ހުންނަ ވެޓްނަރީ ކްލިނިކަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް މި މިނިސްޓްރީއަށް ޑެލިވެރީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވި ފައިވަނީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ އެސް.އެމް.އީ ތަކަށް އެކަންޏެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 12 (ބާރަ) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339220 އަދި 3339282 ނަންބަރު ފޯނަށެވެ.

17 އޮގަސްޓް 2021
ހޯދާ