ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ހެމިލްޓަން ޖެޓެއް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމާއި ގުޅޭ މަޢުލޫމާތު ޝީޓް މިމިނިސްޓްރީގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިމަސައްކަތާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތުތައް މިވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ މިކަމަށް އަގު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މިމަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ 22 އޮގަސްޓް 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރަހަށް ފޮނުއްވުންއެދެމެވެ. މިކަމަށް އަގު ހުށަހަޅުއްވާނީ 25 އޮގަސްޓް 2021 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޟިރުވެއެވެ.
މިކަމަށް އަގު ހުށަހަޅުއްވާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 375.00ރ (ތިން ސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައިވާނެއެވެ.
މިކަމަށް މީގެ ކުރިން ކުރި ނަންބަރު (IUL)28-FA-1/1/2021/122 އިޢުލާނާއި ގުޅިގެން އަގު ހުށަހެޅި ފަރާތުގެ އަންދާސީ ހިސާބު ޓެކްނިކަލް އިވެލުއޭޝަންއިން ޑިސްކޮލިފައި ވެފައިވާތީ މިތަކެތި ހޯދުމަށް އަލުން އިޢުލާންކުރީމެވެ.
އީމެއިލް: [email protected]
ފޯން: 3327881
ވެބްސައިޓް: https://bit.ly/3m9zDGW
ނޯޓް: ބިޑް ހުށަހަޅަން އޮންނަ ދުވަހު، ކަނޑައެޅިފައިވާ ގަޑިއަށް މިނިސްޓްރީގެ ގޭޓް ހުޅުވާނެއެވެ.
9 މުޙައްރަމް 1443
17 އޮގަސްޓް 2021
