ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކޯޓުން ބޭރުގައި ކައިވެނިތައް ކޮށްދޭން ފެށުމާގުޅޭ

(IUL)146-A1/1/2021/25:ނަންބަރު

އިޢުލާން

ކޯޓުން ބޭރުގައި ކައިވެނިތައް ކޮށްދޭން ފެށުމާގުޅޭ.

 22 އޮގަސްޓް 2021 އިން ފެށިގެން ހަފްތާގެ ހުރިހާ ދުވަސްތަކުގައި ވެސް ކޯޓުގެ ފަރާތުން ކައިވެނީގެ މަޖިލިސްތަކަށް ޙާޟިރުވެގެން ކައިވެނިތައް ކޮށްދޭން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޯޓުން ބޭރުގައި ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި އެވާ ގަޑިތަކުގައެވެ.

 

ކޯޓުން ބޭރުގައި ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:

- ނުރަސްމީގަޑި

   16:00 އިން 21:00 އަށް.

 

 އަދި ދަންނަވަމެވެ. ކާވެނިކުރެވޭ ދެމީހުން، ނުވަތަ ދެމީހުންކުރެ މީހަކު ދިވެހިރާއްޖޭގައިހުރެ، ރާއްޖެއިންބޭރުގެ ޖަމާޢަތްތަކާ ގުޅިގެން އެޖަމާޢަތުގެ މައުޛޫނުން ލައްވައި ކުރާ ކައިވެނިތައް، 22 އޮގަސްޓް 2021 އިން ފެށިގެން ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްދެމުން ނުގެންދާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

15 އޮގަސްޓް 2021
ހޯދާ