މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހިންގާ "މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" އަށް ޓެކްނިކަލް ކޮންސަލްޓަންޓް އެއް ހޯދުން

1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހިންގާ "މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ދަށުން ތައްޔާރުކުރާ ޕޭމެންޓް ޕްލެޓްފޯމް ގެ އިންޕްލިމެންޓޭޝަން ގެ މަސައްކަތަށް ޓެކްނިކަލް ކޮންސަލްޓަންޓް އެއް ހޯދަންބޭނުންވެގެން ކުރި އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

2. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހިންގާ "މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ދަށުން ތައްޔާރުކުރާ ޕޭމެންޓް ޕްލެޓްފޯމް ގެ އިންޕްލިމެންޓޭޝަން ގެ މަސައްކަތަށް ޓެކްނިކަލް ކޮންސަލްޓަންޓް އެއް ހޯދަންބޭނުންވެއްޖެއެވެ.

 

3. މި ބިޑާ ގުޅޭ ރިކުއަސްޓް ފޮރ ޕްރޮޕޯސަލް (އާރްއެފްޕީ) މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އަށް އަޕްލޯޑް ކުރެވިފައިވެސްވާނެއެވެ.

 

4. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އެފަރާތެއްގެ ތަފްސީލް މަޢުލޫމާތާ އެކު (ކުންފުނީގެ ނަން، ގުޅޭނެ ފަރާތެއްގެ ނަން އަދި މާޤާމް، އީމެއިލް އެޑްރެސް އަދި ކުންފުނީގެ ވެބްސައިޓް) އީމެއިލް ކުރައްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސްލް ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.

 

5. މި ބިޑާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 30 އޮގަސްޓް 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ.   

 

6. މި މަސައްކަތަށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް ބިޑު އީމެއިލް ކުރެއްވުން އެދެމެވެ. މި ގަޑީގެ ފަހުން ހުށަހަޅުއްވާ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ.

15 އޮގަސްޓް 2021
ހޯދާ