ދިވެހިރާއްޖެ
ނަންބަރު: 198-F/2021/127
އިޢުލާން
މިޑިޕާޓްމަންޓްގެ ބޭނުމަށް މެކްބުކް ޕްރޯ 06 ލެޕްޓޮޕް އަދި މެކްބުކް އަށް ސަޕޯޓްކުރާ 06 މޮނިޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިޑިޕާޓްމަންޓްގެ ނަންބަރު 198-F/2021/101 (24 މޭ 2021) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި މުދާ ސަޕްލައި ކޮއްދިނުމުގެ މުއްދަތު އެކެށީގެން ވާވަރަށްވުރެ ދިގުކަމަށް ފާހަގަކުރުވޭތީ އެ އިޢުލާން ބާޠިލްކޮށް އެތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ އިޢުލާނާއި މަޢުލޫމާތު ޝީޓުގެ ބައިން ލިބެންހުންނާނެއެވެ.
މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 17 އޮގަސްޓް 2021 ވަނަދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީހިސާބު 24 އޮގަސްޓް 2021 ވަނަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 މުހައްރަމް 1443
12 އޮގަސްޓް