ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މި އޮތޯރިޓީގެ ނަންބަރު: 3.2/1/2021/22-179(IUL) އިޢުލާނުން ތިރީގައިމިވާ އައިޓަމް ގަންނަން، 11 ޖުލައި 2021  ގައި ހުޅުވާލި ފުރުސަތާ ގުޅިގެން ހުށަހެޅި ބިޑްގެ ސްޕެސިފިކޭޝަން، އޮތޯރިޓީއިން ކަނޑައަޅާފައިވާ ސްޕެސިފިކޭޝަން އަށް ނުފެތޭތީ،  ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

މި އޮތޯރިޓީއަށް ތިރީގައިމިވާ އައިޓަމް ގަންނަން ބޭނުންވެއެވެ.

ބާވަތް: APC Smart-UPS      

ޢަދަދު:  1 (އެކެއް)

މި އައިޓަމް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމުގެ އުޞޫލާއި ސްޕެސިފިކޭޝަން ތާވަލާއި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓް އެޓޭޗްމަންޓްގައި އެވަނީއެވެ.

 

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 18 އޯގަސްޓް 2021 ވަނަ ދުވަހު 12:00 ގެ ކުރިން  [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި ސުވާލުތަކަށް ދެވޭ މަޢުލޫމާތު އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއުކެރެވޭނެ އެވެ.

 

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް

 

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

 

 

3 މުޙައްރަމް  1443

11 އޮގަސްޓް  2021

 

11 އޮގަސްޓް 2021
ހޯދާ